ހަޤީޤީ ހާދިސާ : ޒިނޭގެ ތަންމަތީގައި ވަނިކޮށް ވަރިކޮށްލި އަނބިމިހާ

ޙުސެއިން ޝާހް

ޒަވާޖީ ހަޔާތެއް ފެށި އިރުވެސް އަހަންރެންނަކީ މަސްވެރިއެކެވެ. ތައުލީމީ ގޮތުން މާ ގާބިލު ނޫންނަމަވެސް ދިރިއުޅުމުގައި އަމިއްލަފައި މައްޗަށް ތެދުވީ މައިން ބަފައިން ދުނިޔޭގަ ނެތް ހާލުގައެވެ. ލޯބިވާ 2 ކުދިންނާއިއެކު ދިރިއުޅެމުން ދިޔައީ އުފާވެރި ކަންމަތީގައެވެ. ދުވަސްތައް ވޭތިކުރަމުން ދިޔައީ ދިރިއުޅުމުގައި މާ ބޮޑެތި މައްސަލަތަކެއް ނުޖެހިއެވެ. ހަތަރު އަހަރު މިގޮތުގައި ހޭދަ ވެއްޖެއެވެ. ކުރަމުން ދަނީ ކަންނެލީގެ މަސްވެރިކަން ކަމުން އާންމު ގޮތެއްގައި ރަށަށް އާދެވެނީ ހަފްތާއަކު އެއްދުވަހު ހުކުރުގެ އަޅުކަންކުރުމަށެވެ. މިއުސޫލުން މަސައްކަތުގައި ބުރަވެލީ ރަމަޞާން މަަހައް ތައްޔާރު ވުމުގެ ގޮތުންނެވެ.

ކާމިޔާބު ދަތުރެއްގައި ގިނަ އަދަދަކަށް ކަންނެލި ބާނައިގެން މާލެ ކޮޅަށް ކަންނެލި ކިރުމަށް ދާން ދަތުރު ހަމަ ޖެހިއްޖެއެވެ. މިކަމުގެ ހަބަރު އަނބިމީހާއަކަށް ނުދެމެވެ. ސަބަބަކީ ބައެއްފަހަރު މަސްވެރިކަމުގެ މައުލޫމާތު އަނބިންނާއި ހިއްސާކުރުމަކީ ރަށުތެރޭގައި އެވާހަކަތައް ފަސޭހަކަމާއި އެކު ފެތުރިދާ ކަމަކަށްވުމެވެ. އެހެން ދުވަސްތަކެކޭ އެއް އުސޫލުން މަސައްކަތް ނިންމާލުމަށްފަހު އަނބި ދަރިންނަށް ގުޅައިގެން ވާހަކަ ދައްކާ ހީސަމާސާކޮށް ހެދީމެވެ. ރަށަށް ދާން އުޅޭ ވާހަކަ ބުނުމުގެ ބަދަލުގައި ރަށަށް ދެވޭނެ ދުވަހެއް ނޭންގޭކަމަށް ބުނެ އެ އުފާވެރި ވަގުތުކޮޅު ނިންމާލީމެވެ. ދޯނީގެ މިސްރާބު ރަށާއި ދިމާލަށް ބަހައްޓާފަ ހުރިއިރު އިޝާނަމާދު ވަގުތު ވެއްޖެއެވެ.

އިޝާނަމާދުކޮށް ނިންމާލާ ކެއުމާއިގެން އަވަދި ނެތި އުޅެނިކޮށް އަހަރެންގެ ފޯނު ރިންގުވާތީ ބަލާލީމެވެ. އަހަރެން އެމީހަކަށް އެންމެ އިތުބާރުކުރާ އެކުގައި ބޮޑުވި ރަހްމަތްތެރިއާގެ ފޯނު ކޯލެކެވެ. ސަލާން ގޮވާލާ ވާހަކަ ދައްކަން ފެށީމެވެ. ލިބުނީ ހައިރާން ކަމެކެވެ. ދުވަހަކުވެސް އެފަދަ ކަމަކަށް އުންމީދު ނުކުރާ ކަމެއްގެ ވާހަކައިން އަހަންނަށް ސިހުންދިނެވެ. ރޭވިފައިވާ ބޮޑު ކުޅިގަނޑެއްގެ ވާހަކަތަކުން އަހަރެން ކޮސްކޮށްލިއެވެ. ރަހްމަތްތެރިއާއަށް އިވިގެން އުޅޭ ފޯނު ކޯލެއްގެ ވާހަކަ ހިއްސާކުރިއެވެ. ނަސީބު ކަންދިމާވީ ގޮތުން ރަށަށް ދާން އުޅޭ ވާހަކަ ނުބުނެވުނީ ކަންތައް ހިނގަމުންދާގޮތް އެނގެން ކަމުގައިވެސް ވެދާނެއެވެ. ރަހްމަތްތެރިއާގެ ބަސްތައް ކަށަވަރު ކުރަން އަހަރެން ބޭނުންވިއެވެ.

އެހެން ކަމުން އެވާހަކަތައް ދޯނީގެ އެއްވެސް މީހަކާ އަހަރެން ހިއްސާ ނުކުރަމެވެ. ރަށަށް އާދެވުނު އިރު 11 ޖެހުމާއި ގާތްވެއްޖެއެވެ. އެހާއިރުވާއިރު ރަށުތެރޭގައި މީހުން ހޭލަމޭލަވެ އުޅެނީ ހަމައެކަނި މީހަކު ނިޔާވެގެން އުޅޭ ރެއެއްގައެވެ. ގެއާއި ހަމައަށް އަހަރެންނަށް ދެވުނު އިރު 11:10 ވަރު ހިނގައިފިއެވެ. ވަކި ދިރިއުޅުމެއް އުޅެތީވެ އަބަދުވެސް އަހަރެންގެ އަތުގައި ގޭގެ ތަޅުދަނޑި ފަތި އޮވެއެވެ. ގޯތި ތެރެވަނީ ކަޅު އަނދިރިކަމުން ހިމޭންވެފައެވެ. ދަރިއެއްގެ ހިލަމެއް ނުވާތީ ދަރިން ތިބޭނީ ނިދާފަކަން އަހަރެންނަށް ޔަގީންވިއެވެ. މަޑުމަޑުން ގޭގެ ދޮރު ހުޅުވާލުމަށް ފަހު އަހަރެމެން ދިރިއުޅެ ކޮޓަރި ހުޅުވާލީމެވެ. ކޮޓަރީގައި އަހަރެންގެ ދެދަރިން ހެޔޮ ހާލުގައި ނިދާފައި ތިއްބެވެ. ނަމަވެސް އަންހެނުންގެ އެއްވެސް ހަބަރެއް ނެތެވެ.

އަހަރެންގެ ހިތައް ހާސްކަން ވެރިވަމުން ދިޔައެވެ. ދެން އަވަސްވެގަތީ މާލޭގައު ދިރިއުޅޭ އަހަރެންގެ ހުރި ހަމަ އެކަނި ކޮއްކޮއަށް އަހަރެން އަޅައި ދީފަ ހުރި ކޮޓަރި ބަލާށެވެ. އެކޮޓަރީގެ ތަޅުދަނޑި އަތައް ހެޔޮވަރުކޮށް ކޮޓަރިގެ ދޮރު ހުޅުވާލައިފިމެވެ. އަހަރެންގެ އެކުވެރިޔާގެ ބަސް ކަށަވަރުވި އެހިސާބުންނެވެ. ހެއްދެވި ހާލުގައި އަހަރެންގެ އަންހެނުންނާއި އޭގެ ދުވަސްކޮޅެއް ކުރިން ރަށަށް މަސައްކަތެއްގައި އައިސް އުޅުނު ބީރައްޓެހި ފިރިހެނަކާ އެނދުމަތީގައި ތިބިތަން ފެނުނީ އަހަރެންގެ އަމިއްލަ ލޮލަށެވެ.

އިތުރު ބަހެއް ބުނުމުގެ ކުރިން އަހަރެން އަންހެނުން ވަރިކޮށްލީ އެމުޑުދާރު ކަންމަތީގައި ހުއްޓައެވެ. އަހަރެންނަށް ލިބުނު ހައިރާންކަމާއި އެކު ދޮރުލައްޕާ ބޭރަށް ނިކުމެ އަހަރެން ދިޔައީމެވެ. އަނިޔާވެރިވުން އަހަރެންނަށް އަހަރެންގެ މައިންބަފައިން ދަސްކޮށް ދީފައިނެތް ކަމަށްޓަކައި އަހަރެން ފަހުރުވެރިވަމެވެ.

ދަރިންގެ މަންމަ ކަމުގައި ވީނަމަވެސް އެ މުޑުދާރު އަންހެނާއަކަށް އަދި އެފިރިހެނާއަށްވެސް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. އެކަން ހިނގި ސަބަބެއް މުއްދަތެއްވެސް އަހަރެން ބަލާކަށް ބޭނުމެއްނޫނެވެ. ދަރިންގެ މަންމަ އާއި ވަކިން އުޅުނު ނަމަވެސް ދަރިންގެ ކަންތައްތައް އަހަރެން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަމެވެ. މިއަދު އެކި ގޮތްގޮތުން އަހަރެންނައި ގުޅެން އެ ގޮތެއް ނެތް އަންހެނާ ބޭނުންވި ނަމަވެސް އެފުރުސަތު ދޭކަށް ބޭނުމެއް ނޫނެވެ. ދުވަސްތައް މަޒީވެ ދިޔަނަމަވެސް އެރޭގެ އެ ހާދިސާ އަހަރެންގެ ހިތަށް އަބަދުމެ ސިފަވެއެވެ. މިއީ އަހަރެންގެ ހަޔާތުގެ ކަޅު ސަފުހާއެކެވެ.

ކިޔުންތެރިންގެ ހިޔާލު
ސުލަިމަަނ
ވަރަނ ރަގަހލ
މުނާ
ފޭކް ވާހަކަ ނުދައްކާ..... އަންހެނާއެއްނޫންގޯހީ.. އަންހެނުންގެ ހައްްގުތައްކޮބާ؟؟؟؟ ހާދަނުލަފާ ފިރިހެނެކޭތީ.
މުނާ އުޅޭގޮތް ބަލާ މީހާ
މުނާ ކަހަލަ މީހުންނަށް ގޯސްވާނީ ފިރިމީހާ ހެހެހެހެހެހެ