ރިއާނާގެ ފެޝަން ލައިން މި މަހުގެ 22 ގައި ނެރެން ނިންމައިފި

ސަދާ ސައީދު

އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިފާ ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ރިިއާނާގެ ފެޝަން ލައިން މި މަހުގެ 22 ގައި ނެރެން ނިންމައިފިއެވެ.

"ފެންޓީ ބިއުޓީ" ގެ ނަމުގައި މިހާރުވެސް މޭކަޕް ސާމާނުތައް ނެރެމުން އަންނަ ރިއާނާ އޭނާގެ ފެޝަން ލައިން ނެރުމަށް ނިންމާފައިވަނީވެސް "ފެންޓީ" ގެ ނަމުގައެވެެ. 

ރިއާނާގެ ފެޝަން ލައިން ލޯންޗް ކުރަން ނިންމާފައިވަނީ އެލްވީއެމްއެޗާ ގުޅިގެންނެވެ. އެގޮތުން "ފެންޓީ"ގެ ދަށުން ހެދުމާއި ބޫޓާއި ފައިވާނާއި އެކްސެސަރީޒް ނެރޭނެ އެވެ. 

މީގައި ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ކަމަކީ އެ ކޮމްޕެނީއާއި ގުޅިގެން އޮރިޖިނަލް އުފެއްދުންތަކެއް ގެނެސްދޭ ފުރަތަމަ އަންހެން ފަންނާނަކީ ރިއާނާއަށް ވުމެވެ. 


މި ފެޝަން ލައިން ލޯންޗްކުރަން ނިންމާައިވަނީ ޕެރިހުގައެވެ.

ކިޔުންތެރިންގެ ހިޔާލު