"ސްޓޫޑެންޓް އޮފްދަ އިޔަރ 2" ލީކް ކޮށްލައިފި

ސަދާ ސައީދު
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ފިލްމު، "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ލީކުކޮށްލައިފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުން އެ ފިލްމް ލީކުކޮށްފައިވަނީ "ތަމިލް ރޮކްސާ" އިންނެެެވެ. 

ދެ ދުވަހުގެ ތެރޭގައި އެފިލްމަށް 26 ކްރޯޑް ރުޕީސް ލިބިފައިވާއިރު ފިލްމު ލީކުކޮށްލުމުގެ ސަބަބުން ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކީ ވެސް ފިލްމުގެ ފުރަތަމަ ބައެކޭ އެއްގޮތަށް ކޮލެޖެއްގެ ދަރިވަރުންތަކެއްގެ މެދުގައި ވާދަވެރިކަން ގަދަވެފައިވާ މަންޒަރާއި ތިނެސްކަން ލޯބީގެ ކަންތައްގަނޑެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. 

ބޮލީވުޑްގައި އެންމެންގެ ހިތްތައް ކަތިލަމުންދާ ކުޅަދާނަ ފިލްމީތަރި ޓައިގާ ޝްރޮޕް ފެނިގެންދާ މި ފިލްމުގައި އަންހެން ލީޑް ރޯލުން ފެނިގެންދަނީ މުޅިން އާ ދެކުދިންނެވެ.

"ތަމިލް ރޮކްސާ"އަކީ މިފަހަކަށް އައިސް ނެރޭ ހުރިހާ ބޮލީވުޑުގެ ފިލްމެއް ލީކުކުރަމުން އަންނަ ސައިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު