"ދޭ ދޭ ޕިޔާރު ދޭ" ރިލީޒް ކޮށްފި

ލީޑް ރޯލުން ބޮލީވުޑްގެ ކުޅަދާނަ ފިރެހެން ބަތަލާ އަޖޭ ދޭވަގަން ފެނިގެންދާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" މިއަދު ރިލީޒްކޮށްފިއެވެ.

ކުރިން މާދަމާ ރިލީޒުކުރާގޮތަށް އޮތް "ދޭ ދޭ ޕިޔާރު ދޭ" މިއަދު ރިލީޒްކުރި އިރު އެ ފިލްމަކީ ބެލުންތެރިން އުންމީދުތަކެއް ކުރާ ފިލްމެކެވެ. މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ.


އާންމުކޮށް ތަންކޮޅެއް ސީރިއަސް ރޯލްތައް ކުޅޭ އަޖޭ މި ފިލްމުގައި ފެނިގެން ދާނީ އޭނާގެ އުމުރަށް ވުރެ ދެ ގުނަ ހަގު އަންހެނަކާ އެކު ލޯބީގެ ގުޅުމެއް ބާއްވާ ޒުވާން ދަރިންތަކެއްގެ ބައްޕައެއްގެ ރޯލުންނެވެ. އަދި އޭގެ ސަބަބުން ކުރިމަތިލާން ޖެހޭ ލަދުވެތި ކަންތައްތައް މަޖާ ގޮތަކަށް ފިލްމުގައި ކިޔައި ދޭނެ އެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" ގެ ބަތަލާއަކީ ތައްބޫ އާއި ރަކުލް ޕްރީތު ސިންގެވެ.

ކިޔުންތެރިންގެ ހިޔާލު