މަދު ދުވަސްކޮޅެއްގެ ތެރޭ ސަލްމާންގެ "ބާރަތް"އަށް ބޮޑު ކާމިޔާބީއެއް

ސަދާ ސައީދު

ސަލްމާން ހާން އާއި މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް އެންމެ ފަހުން ކުޅުނު ފިލްމް ކަމަށްވާ "ބާރަތް" އަށް މަދު ދުވަސްކޮޅެއްގެ ތެރޭ ފާހަގަކޮށްލަންޖެހޭ ވަރުގެ ކާމިޔާބީއެއް ލިބިއްޖެއެވެ. 

މިމަހުގެ ފަސް ވަނަ ދުވަހު ބާރަތް ރިލީޒް ކުރިއިރު ހަތަރު ދުވަސްތެރޭ އެ ފިލްމް ވަނީ މިހާރު 118 ކްރޯޑް ރުޕީސްއަށްވުރެ މަތީގެ އާމްދަނީއެއް ހޯދާފައެވެ. އެއީ 14 މިލިއަން ޑޮކަރަށް ވުރެ ބޮޑު އާމްދަނީއެކެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުންދަނީ "ބާރަތް"އަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

ސަތޭކަ ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ބާރަތު" އަކީ 100 ކްރޯޑް ކުލަބުން ޖާގަ ހޯދި ސަލްމާންގެ 14 ވަނަ ފިލްމެވެ. އޭނާއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން 100 ކްރޯޑް ރުޕީސްގެ ފިލްމުތައް އެންމެ ގިނަ އެކްޓަރު ވެސް މެ އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި "ބާރަތު" އަކީ ގައުމަށްޓަކައި ގުރުބާންވާ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަދި މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. 

ކިޔުންތެރިންގެ ހިޔާލު