"ބާގީ3" އަންނަ އަހަރުގެ މާރިޗް މަހު ރިލީޒްކުރަނީ

އީމާ މުހައްމަދު ވަހީދު

ލީޑް ރޯލުން، ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ ޝްރަދާ ކަޕޫރް އަދި ޓައިގަރ ޝްރޮފް ފެނިގެންދާ ފިލްމު "ބާގީ 3" އަންނަ އަހަރުގެ މާޗް މަހުގެ 6ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ފަތުރާ ބައެއް އިންޑީއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، "ބާގީ 3" ޑައިރެކްޓް ކުރާނީ ކުރިން ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރު، އަހުމަދު ހާންއެވެ.

"ބާގީ 3"އަކީ، ޓައިގަރ ޝްރޮފުގެ އެކްޝަން ފްރެންޗައިޒްއެކެވެ. ބާގީގެ ފުރަތަމަ ބައިގެވެސް ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ، ޝްރަދާ އަދި ޓައިގާރ ގެ ޖޯޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، "ބާގީ 3" އަކުން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ތަރި ރިތޭޝް ދޭޝްމުކް ވެސް ފެނިގެންދާނެއެވެ. ނަމަވެސް އަދި މިހާތަނަށް ރިތޭޝް ފެނިގެންދަނީ ކޮން ރޯލަކުން ކަމެއް ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު