"83" ގައި ރަންވީރު އަދި ދިޕިކާ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި ކާމިޔާބު ޖޯޑް، ދިޕިކާ ޕަޑްކޯން އަދި ރަންވީރު ސިންގް ފިލްމު "83" ގައި އެކީ ފެނިގެންދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

ކައިވެންޏަށް ފަހު، ރަންވީރު އަދި ދިޕިކާ ފިލްމަކުން އެކީ ފެނިގެންދާ ފުރަތަމަ ފިލްމަށް "83" ވެގެންދާއިރު، އެ ފިލްމުގައި ދިޕިކާ ކުޅެނީ ރަންވީރުގެ އަންހެނުންގެ ރޯލެވެ.

ބޮޑު ކާސްޓެއް ހިމެނޭ "83" ޑައިރެކެޓް ކޮށްފައިވަނީ، ކާމިޔާބު ފިލްމުތަކެއް ކާމިޔާބު ޑައިރެކްޓްކޮށްފައިވާ މޮޅު ޑައިރެކްޓަރު، ކަބީރު ހާންއެވެ.

އެ ފިލްމަކީ، އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގައި ރަންވީރު، އެ ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލުން ފެނިގެންދާއިރު، ދިޕިކާ ފެނިގެންދާނީ އޭނާގެ އަންހެނުންގެ ރޯލުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، "83" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު