ސާހޯގެ ޓީޒާ ދައްކާލައިފި

ފާތިމަތު އާޔާ

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޕްރަބާ ލީޑުރޯލުން ފެނިގެންދާ ފިލްމު، ސާހޯގެ ޓީޒާ ދައްކާލައިފިއެވެ.

ދަ އިންޑިއަން އެކްޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރަބާ، އެ ފިލްމުން ފެންނާނީ މުޅިން ތަފާތު ރޯލްއެއްގައި ކަމަށެވެ. އެގޮތުން އެ ފިލްމުގައި އޭނާ ކުޅެފައިވާ ރޯލު ބޮޑަށް ހާއްސަކޮށްފައިވަނީ އިންޑިއާއިން ބޭރުގެ ސަޕޯޓަރުންނަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރަބާ އެންމެ މަޝްހޫރުވެގެން ދިޔައީ އޭނާގެ ކާމިޔާބު ފިލްމު "ބާހޫބަލީ" އަށް ފަހުގައެވެ.

އެއްމިނެޓާއި ސާޅިސް ސިކުންތުގެ މި ޓީޒާގައި ކާރު ރޭސްތަކާއި ސައިކަލުގެ ރޭސްތައް ވެސް ފެނިގެންދެއެވެ. ސާހޯގައި ދައްކުވައިދޭނީ ހޮލީވުޑް ފެންވަރުގެ އެކްޝަން، ސްޓަންޓުތަކާއި ނެށުން ތަކެކެވެ.

އެ ފިލްމުގެ ޓީޒާގައި ބޮޑަށް ހިމަނާފައިވަނީ ފިލްމުގެ ބަތަލު ކަމައްވާ ޕްރަބާގެ ތަޢާރަފެއްގެ ގޮތުގައެވެ. އަދި ފިލްމުގެ ވާހަކަ އަށް ވުރެން ބޮޑަށް ޓީޒާ ގައި ހިމަނާފައި ވަނީ ޕްރަބާ ގެ ރޯލްގެ ތަފްސީލެވެ. މިރޯލް ގައި އޭނާ ފެނިގެން ދަނީ ވަރަށް ކެރޭ، ހިތްވަރުގަދަ އަދި އެހާމެ ކުޅަދާނަ މީހެއްގެ ގޮތުގައެވެ.

ޕްރަބާގެ އިތުރުން މި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެތައް ފަންނާނުންނެއް ފެނިގެންދާނެއެވެ. އެގޮތުން ޝްރައްދާ ކަޕޫރާއި، ނީލް ނިތިން، ޗުންކީ ޕާންޑޭ އަދި އަރުޖުން ވިދޭ ފަދަ މަޝްހޫރު ތަރިން ހިމެއެވެ.

މީގެ އިތުރުން މިފިލްމުގެ ޓްރެއިލަރ ވެސް ވަރަށް އަވަހަށް ލޯންޗުކުރާނެ ކަމަށް ހަބަރުތައް ބުނެއެެވެ. ސާހޯ ރިލީޒް ކުރަން ހަމަ ޖެހިފައި ވަނީ މިއަހަރުގެ އޮގަސްޓު މަހު 15 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު
ޗަންކީ ޕަންޑޭ
އަހަރެންނަށް ކިޔަނީ ޗަންކީ ޕަންޑޭ.