"ދިލް ބޭޗާރާ" ނޮވެމްބަރު 29 ގައި ރިލީޒް ކުރަނީ

އީމާ މުހައްމަދު ވަހީދު

ލީޑް ރޯލުން ސުޝާންތު ސިންގް ރާޖްޕޫތާއި ސަންޖަނާ ސާންގީ ފެނިގެންދާ ފިލްމު "ދިލް ބޭޗާރާ" މިއަހަރުގެ ނޮވެމްބަރު މަހުގެ 29 ގައި ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްފައިވާ އެ ފިލްމަކީ، މުކޭޝް ޖަބްރާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

"ދިލް ބޭޗާރާ"ގެ ރޯލަކުން ބޮލީވުޑްގެ ކާމިޔާބު އަދި މިޅު ތަރި ސައިފް އަލީ ހާން ވެސް ފެނިގެންދާނެއެވެ.

ކުރިން އެ ފިލްމަށް "ކިޒީ އޯރް މެނީ" ނަމުން ނަން ދިންނަމަވެސް، ފަހުން ފިލްމުގެ ޓީމުން ވަނީ އެނަން  "ދިލް ބޭޗާރާ" އަށް ބަދަލުކޮށްފައެވެ.

"ދިލް ބޭޗާރާ" އަކީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް"ގެ ހިންދީ ރިމޭކެކެވެ.

ކިޔުންތެރިންގެ ހިޔާލު