"ބަތުލާ ހައުސް" އަންނަ މަހު 15ގައި ރިލީޒްކުރަނީ

އީމާ މުހައްމަދު ވަހީދު

"ބަތުލާ ހައުސް" މިއަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ، މުރްނާލް ތާކޫރެވެ.

އެ ފިލްމަކީ، އިންޑިއާގެ ކޮންޓްރަވާޝަލް ފުލުހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ބަތުލާ ހައުސް" ޑައިރެކްޓްކޮށްފައިވަނީ ނިކިލް އަދުވާނީއެވެ.

ނިކިލްގެ ފިލްމު ކުންފުނި އެއްމޭ އެންޓަޓައިންމަންޓާއި ޖޯންގެ ފިލްމު ކުންފުނި ޖޭއޭ އެންޓަޓައިންމަންޓްގެ އިތުރުން ޓީ ސީރީޒް ގުޅިގެން ގެނެސްދޭ "ބަތުލާ ހައުސް" ގެ ރަސްމީ ޓްރެއިލާ ދައްކާނީ މި މަހުގެ 10 ގައެވެ.

"ބަތުލާ ހައުސް" ރިލީޒް ކުރާ ތާރީހުގައި  އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އާއި ޕްރަބާސްގެ "ސާހޯ" ވެސް ރިލީޒްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު