"ޖަޖްމެންޓަލް ހޭ ކިޔާ" މިމަހުގެ 26ގައި ރިލީޒްކުރަނީ

އީމާ މުހައްމަދު ވަހީދު

"ޖަޖްމެންޓަލް ހޭ ކިޔާ" މި ޖުލައި މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިއްޖެއެވެ.

ލީޑް ރޯލުން ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯ ފެނިގެންދާ ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލުމެކެވެ. އަދި އެ ފިލްމު ޑައިރެކްޓްކޮށްފައިވަނީ، ޕްރަކާޝް ކޮވެލަމުޑީ އެވެ.

"ޖަޖްމެންޓަލް ހޭ ކިޔާ" އަކީ ބްލެކް ކޮމެޑީއެކެވެ.

އެ ފިލްމުގައި ކިޔައިދެނީ މަރެއްގެ ހަގީގަތް ހޯދަން އުޅުމުގެ ތެރެއިން ދެމީހަކު ދިމާވެގެން ޖެހޭ މައްސަލަތަކެއްގެ ވާހަކައެވެ.

"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ފުރަތަމަ ލަވަ މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފައެވެ. އެލަވަ ކިޔާފައިވަނީ، ނަވް އިންދްރަ އާއި ލީޒާ މިޝްރާ އަދި ރާޖާ ކުމާރީއެވެ.

"ޖަޖްމެންޓަލް ހޭ ކިޔާ" ގެ ކާސްޓުންގެ ތެރޭގައި އަމީރާ ދާސްތޫރު، ޖިމީ ޝެރްގިލް، މިމޯ ޗަކްރަބަތީ އަދި ޖިމީ ޗެރްގިލް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު