"ނިކައްމާ" އަށް ޝިލްޕާ ސޮއިކޮށްފި

އީމާ މުހައްމަދު ވަހީދު
ްކުރު

ބޮލީވުޑްގެ ކުޅަދާނަ އަދި ބެލުންތެރިންގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ ބަތަލާ ޝިލްޕާ ޝެޓީ ޒަމާންތަކަކަށްފަހު ފިލުމެއް ކުޅުމަށް ސޮއި ކޮށްފިއެވެ.

މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ސޮއި ކޮށްފައިވަނީ، "ނިކައްމާ" އަށެވެ. ޝިލްޕާ ފިލުމެއް ކުޅުމަށް ސޮއި އެކުރީ 13 އަހަރަށް ފަހުގައެވެ.

"ނިކައްމާ" ކުޅުމަށް ސޮއި ކޮށްފައިވާކަން ޝިލްޕާ ވަނީ އޭނާ ކުރި ޓުވީޓަކުން ޔަގީން ކޮށްދީފައެވެ. "ނިކައްމާ" އަކީ ސަބީރު ހާން ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ނިކައްމާ" އަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ އާއި އަލަށް ތައާރަފު ކުރާ ޝާލީ ސެތިއާ ލީޑް ރޯލް ކުޅޭ ފިލްމެކެވެ.

އެ ފިލްމުން ޝިލްޕާ ފެނިގެންދާނީ އަދި ކޮން ރޯލަކުން ކަމެއް ފިލްމުގެ ޓީމުން ހާމައެއް ނުކުރެއެވެ. ބެލުންތެރިން ތިބީ ޝިލްޕާ ފެނިގެންދާނީ ކޮން ރޯލަކުން ތޯ ބަލައިލުމަށް ކެތްމަދުވެފައެވެ.

އެ ފިލްމުގެ ޝޫޓިންތައް އަދި ފަށާފައި ނުވާއިރު، އެ ފިލްމު މިއަންނަަ އަހަރު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު