ޓީސީއޭގެ ގިނަ އެވޯޑްތައް "ފްލީބޭގް" އަށް

މުޙައްމަދު ޤާސިމް
ކޮމެޑީ ސީރީޒް "ފްލީބޭގް" ގެ މަންޒަރެއްގެ ތެރެއިން. --ފޮޓޯ: އެމެޒޯން

މި އަހަރުގެ 35 ވަނަ ޓެލެވިޜަން ކްރިޓިކްސް އެސޯސިއޭޝަން (ޓީސީއޭ) އެވޯޑްސްގައި އެންމެ ގިނަ ކެޓަގަރީތަކުން އެވޯޑް ހޯދީ ސީރީޒްގެ މަގާމަށް ކޮމެޑީ ސީރީޒް "ފްލީބޭގް" ހޮވިއްޖެއެވެ.

އާއްމު ގޮތެއްގައި، ޓީސީއޭގެ އެވޯޑް ހާސިލްކުރާ ފަރާތްތަކަކީ ޓީވީގެ އެންމެ ޝަރަފުވެރި އެމީ އެވޯޑްސްގައި އެ ކާމިޔާބީ ތަކުރާރުކުރާ ފަރާތްތަކެވެ. އެގޮތުން، މި ފަހަރުގެ ޓީސީއޭގެ ޕްރޮގްރާމް އޮފް ދަ އިޔާގެ އެވޯޑާއެކު ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑް ހާސިލްކުރި "ފްލީބޭގް" ވެފައިވަނީ ކުރިއަށް އޮތް އެމީ އެވޯޑް ހަފްލާގައިވެސް ކާމިޔާބުހޯދުން އެންމެ ގާތް ސީރީޒްތެރޭގައެވެ.

އެމެރިކާގެ ކެލިފޯނިއާގެ ބެވަލީ ހިލްސްގައި ހުންނަ ބެވަލީ ހިލްޓަން ހޮޓެލްގައި ބޭއްވި މި ހަފްލާގައި ދެން އެވޯޑް ހާސިލްކުރި ފަރާތްތަކުގެ ތެރޭގައި، މިޝޭލް ވިލިއަމްސް އާއި ޑޭވިޑް މިލްޗް ހިމެނެއެވެ. މީގެއިތުރުން، އެންމެ ގިނަ ކެޓަގަރީން އެވޯޑް ހާސިލްކުރި ނެޓްވޯކް އަކީ އެޗްބީއޯ އެވެ.

މި އެވޯޑްތައް ދީފައިވަނީ ޓީސީއޭގެ ނެޓްވޯކްގައި ހިމެނޭ އެމެރިކާ އަދި ކެނެޑާގެ ގާތްގަނޑަކަށް 200 އެއްހާ ޕްރޮފެޝަނަލް ޓެލެވިޜަން ކްރިޓިކްސް އާއި ނޫސްވެރިންގެ ވޯޓުންނެވެ.

35 ވަނަ ޓެލެވިޜަން ކްރިޓިކްސް އެސޯސިއޭޝަން (ޓީސީއޭ) އެވޯޑްސް ހާސިލްކުރި ފަރާތްތަކުގެ ލިސްޓް:

  • އިންޑިވިޖުއަލް އެޗީވްމަންޓް އިން ޑްރާމާ: މިޝޭލް ވިލިއަމްސް، "ފޮސް/ވާޑަން" (އެފްއެކްސް)
  • އިންޑިވިޖުއަލް އެޗީވްމަންޓް އިން ޑްރާމާ: ފީބީ ވޯލާ-ބްރިޖް، "ފްލީބޭގް" (އެމެޒޯން)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ނިއުސް އެންޑް އިންފޮމޭޝަން: "ލީވިންގ ނެވާލޭންޑް" (އެޗްބީއޯ)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ރިއަލިޓީ ޕްރޮގްރާމިންގ: "ކުއީ އައި" (ނެޓްފްލިކްސް)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ޔޫތު ޕްރޮގްރާމިންގ: "އާތަރ" (ޕީބީއެސް ކިޑްސް)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ސްކެޗް/ވެރައިޓީ ޝޯވ: "ލާސްޓް ވީކް ޓުނައިޓް ވިތު ޖޯން އޮލިވާ" (އެޗްބީއޯ)
  • އައުޓްސްޓޭންޑިންގ ނިއު ޕްރޮގްރާމް: "ރަޝިއަން ޑޯލް" (ނެޓްފްލިކްސް)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން މޫވީ އޯ މިނީ ސީރީޒް: "ޗަނޯބައިލް" (އެޗްބީއޯ)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ޑްރާމާ: "ބެޓާ ކޯލް ސޯލް" (އޭއެމްސީ)
  • އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ކޮމެޑީ: "ފްލީބޭގް" (އެމެޒޯން)
  • ޕްރޮގްރާމް އޮފް ދަ އިޔާ: "ފްލީބޭގް" (އެމެޒޯން)
  • ހެރިޓޭޖް އެވޯޑް: "ޑެޑްވުޑް" (އެޗްބީއޯ)
  • ލައިފްޓައިމް އެޗީވްމަންޓް އޮނަރީ: ޑޭވިޑް މިލްޗް
ކިޔުންތެރިންގެ ހިޔާލު