އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޒުވާން ދުވަސްވަރުގެ ވާހަކަ ކިޔާދޭ އާ ފިލްމެއް

ޢަލީ ޔާމީން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރު ބަޔޮޕިކެއް ހަދަން ނިންމައި، އެ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މޯދީގެ 69 ވަނަ އުފަންދުވަހާއި ގުޅިގެން އޭނާގެ  ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު އިއުލާނުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ޕޯސްޓަރ ރިލީޒްކުރީ މަޝްހޫރު ފިލްމީ ތަރި ޕްރަބާސްއެވެ.

މަޝްހޫރު ސަންޖޭ ލީލާ ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ނަމަކީ "މަން ބައީރާގީ"އެވެ.

އެ ފިލްމުގެ މައިގަނޑު ހާދިސާއަކީ މޯދީގެ ޒުވާން ދުވަސްވަރު ކުރި ކަންތައްތަކެވެ. އަދި އެ ފިލްމުގައި މޯދީއާއި ގުޅޭ ގިނަ ވާހަކަތަކެއް އެކުލެވިގެންވާނެއެވެ

ސަންޖޭ ތުރިޕަތީ ޑައިރެކްޓްކުރާ އެ ފިލްމަކީ ތެލެގޫ، ތަމަޅަ އަދި އިނގިރޭސި ބަހުން ގެނެސްދޭނެ ފިލްމެކެވެ. އެ ފިލްމުގެ ޕޯސްޓަރު ދައްކާލި ނަމަވެސް ފިލްމު ރިލީސް ކުރާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު