މިނިސްޓަރު މަހުލޫފު, އަމީތާބާއި ބައްދަލުކުރައްވައިފި

ޢަލީ ޔާމީން

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ މަޝްހޫރު ބޮލީވުޑް ތަރި، އަމީތާބު ބައްޗަން އާއި ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަމީތާބު އާއި ދެމީހުން ބައްދަލުކޮށް ނެންގެވި ފޮޓޯ އެއް އާންމުކުރައްވާފައެވެ. އެ ޓްވީޓުގައި މަހްލޫފު ވިދާޅުވީ އަމީތާބަކީ ހިތްހެޔޮ ހިތްތިރި މީހެއް ކަމަށާއި އޭނާއާއި ބައްދަލުވުމުން ވަރަށް އުފާވާ ކަމަށެވެ.

މަހްލޫފު ވަނީ މި އަހަރުގެ އިންޑިއާ ސިނަމާގައި ދެވޭ އެންމެ މަތީ އެވޯޑް "ދާދާސާހިބް ޕަލްކޭ" އެވާޑު އަމީތާބު ބައްޗަން އަށް ލިބިފައި ވާތީ އޭނާ އަށް މަރުޙަބާ ދަންނަވާފައެވެ

މިނިސްޓަރ މަހުލޫފުގެ މި ދަތުރުފުޅުގައި އިންޑިއާ ސިނަމާގެ "ރިއަލިޓީ ޝޯ" ތައް ރާއްޖެއަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު