އެންމެ މޮޅު ފިލްމަކަށް "ވިޝްކާ"

ފާތިމަތު ފަޔާޟާ
އެންމެ މޮޅު ފިލްމުގެ އެވޯޑާއި ރިޝްމީ އަދި ރަވީ ހަވާލުވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑާއި ރިޝްމީ އަދި ރަވީ ހަވާލުވަނީ

ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން 2017 ވަނަ އަހަރު ރިލީޒްކުރި "ވިޝްކާ" ހޮވިއްޖެއެވެ.

އެ ފިލްމު ކުރި ހޯދާފައިވަނީ އިތުރު ހަތަރު ފިލްމަކާއި ވާދަކޮށްގެންނެވެ. އެ ހަތަރު ފިލްމަކީ "އިލް ނޮއިސް" އާއި" "ހައްދު" ގެ އިތުރުން "ދެވަންސޫރަ" އަދި "ވަކިން ލޯބިން އެވެ.

އެ އެވޯޑު ހަފުލާގައި އެންމެ މޮޅު ބަޠަލާ އަކަށް ވެސް ހޮވުނީ ފިލްމު "ވިޝްކާ" އިން އައިޝަތު ރިޝްމީއެވެ. އެ ދެ އެވޯޑާއެކު މުޅި ޖުމްލަ ހަތް އެވޯޑު ވިޝްކާ އިން ވަނީ އުފުލާލާފައެވެ.

ސާކް ފިލްމު ފެސްޓިވަލް އެވޯޑްސް 2017 ވަނަ އަހަރު އެންމެ މޮޅު ބަޠަލާގެ އެވޯޑު ރިޝްމީއަށް އެ ފިލްމު ލިބިފައިވާކަން ފާހަގަކޮށްލެވޭއިރު، ފިލްމު އެވޯޑްސް ބޭއްވިގެން ދިޔައީ އޭނާގެ 34 ވަނަ އުފަންދުވަހުއެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުޙަބާ އާއި ތަހުނިޔާ ކިޔާފައެވެ.

އެންމެ މޮޅު ބަޠަލަކަށް ފިލްމު "ދެވަންސޫރަ" އިން ހޮވުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އޭނާ ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުގެ އިތުރުން އެންމެ މޮޅު އެޑިޓިން އަދި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑް ވެސް އެ ފިލްމުން އުފުލާލާފައެވެ.

ފިލްމު އެވޯޑްސް 9 ގައި އެވޯޑް ހާސިލްކުރި ފަރާތްތައް:

ލަވަކިޔުންތެރިޔާ (އަންހެން): ރިފްގާ ރަޝީދު - ވިޝްކާ

ލަވަކިޔުންތެރިޔާ (ފިރިހެން): އަހްމަދު ނަބީލް - ބޮސް

ސްޕެޝަލް ޖޫރީ ޕްރައިޒް (ޔަންގް ޓެލަންޓް): މަރިޔަމް ޔަލާ - ވަކިން ލޯބިން

އާޓް ޑިރެކްޓާ: އަހްމަދު މުހައްމަދު - ވިޝްކާ

ކޮސްޓިއުމް ޑިޒައިން: ނޫރާ - ވިޝްކާ

ސައުންޑް ޑިޒައިން: މުހައްމަދު އިކްރާމް - ވިޝްކާ

ބެކްގްރައުންޑް ސްކޯ: އިސްމާއިލް އަދީލް - އިލްނޮއިސް

އެޑިޓިން: ޔޫސުފް ޝަފީއު - ދެވަންސޫރަ

ސިނަމެޓޮގްރަފީ: އަހްމަދު ޝާމިން ނިޒާމް - ވިޝްކާ

ސްކްރީންޕްލޭ: ޔޫސުފް ޝަފީއު - ދެވަންސޫރަ

ލައިފްޓައިމް އެޗީވްމަންޓް އެވޯޑު: މުހައްމަދު ރަޝީދު (ދަރާ ރަޝީދު)

ސަޕޯޓިން އެކްޓަރު (އަންހެން): ހަދީޖާ އިބްރާހިމް ދީދީ - ވަކިން ލޯބިން

ސަޕޯޓިން އެކްޓަރު (ފިރިހެން): އަލީ އާޒިމް - ހައްދު

ސްޕެޝަލް ޖޫރީ އައުޓްސްޓޭންޑިން ޕާފޯމަންސް: އަލީ އާޒިމް

އެންމެ މޮޅު އެކްޓަރު (އަންހެން): ރިޝްމީ ރަމީޒް - ވިޝްކާ

އެންމެ މޮޅު އެކްޓަރު (ފިރިހެން): ޔޫސުފް ޝަފީއު - ދެވަންސޫރަ

އެންމެ މޮޅު ޑައިރެކްޓަރު: ޔޫސުފް ޝަފީއު - ދެވަންސޫރަ

އެންމެ މޮޅު ފިލްމު: ވިޝްކާ

މުހައްމަދު ރަޝީދު (ދަރާ ރަޝީދު)އަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑް ހަފުލާގެ ޝަރަފުވެރި މެހެމާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ.

ސަރުކާރުގެ ކެބިނެޓްގެ ބައެއް މިނިސްޓަރުންގެ އިތުރުން ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް (އެންސިއޭ)ގެ އިސް ވެރިން ބައިވެރިވަޑައިގެންނެވި އެ އެވޯޑް ހަފުލާގައި ގިނަ އަދަދެއްގެ ފިލްމީ ފަންނާނުން ބައިވެރިވިއެވެ. އެވޯޑް ކުރިޔަށް ގެންގޮސްފައިވަނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއިވެސް އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު