ބޮލީވުޑްގެ މަޝްހޫރު ތަރިން ނަރެންދްރަ މޯދީ އާއި ބައްދަލު ކޮށްފި

ޝަރޫނާ އަބްދުﷲ
ފޮޓޯ: ގޫގްލް

ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން، އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ އާއި ބައްދަލު ކޮށްފިއެވެ.

ރަންބީރް ކަޕޫރު، އާލިއާ ބަޓް، ރަންވީރް ސިންގް އަދި ވަރުން ދަވަން ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ މޯދީ އާއި ބައްދަލު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ނިއު ދިއްލީއަށް ގޮސްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑްގެ ބައެއް ޕްރޮޑިއުސަރުން ވަނީ މޯދީ އާއި ބައްދަލުކޮށް ފިލްމް އިންޑަސްޓްރީގައި ޖެހޭ މައްސަލަތަކާއި ބެހޭ ގޮތުން މަޝަވަރާތަކެއް ކޮށްފައެވެ. މިކަންކަމުގެ ތެރޭގައި ފިލްމް ޓިކެޓުން ޖީއެސްޓީ ނެގުން ދައްވެގެން ދިޔަ ކަންކަން ވެސް ހިމެނެއެވެ.

އެކްޓަރުންނާއި ޑައިރެކްޓަރުން އެއްކޮށް ބޭއްވި މި ބައްދަލުވުން ރޭވީ މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ކަރަން ޖޯހަރު ކަމަށް ހަބަރު ލިބެއެވެ.

ރޯހިތް ޝެޓީ، ރާޖްކުމާރް ރާއޯ، ވިކީ ކައުޝަލް، އަޔުޝްމަން ކުރާނާ، ބޫމީ ޕަދްނޭކަރް އަދި ސިދާތް މަލޯތްރާ ވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ. 

ކިޔުންތެރިންގެ ހިޔާލު