ބިގްބޮސް13 : މިޑްވީކް އެވިކްޝަންއިން ގެއިން ނެރެލާނީ ކާކު؟

އައިޝަތް ޝިމްނާ
ޝެހެނާޒް، މާހިރާ، އާރްތީ ޝެހެނާޒް، މާހިރާ، އާރްތީ

ބިގްބޮސް މިއަހަރުގެ ޝޯ ނިމެން ހަފްތާއަކަށް ވެފައިވާއި މި ހަފްތާގައި މިޑްވީކް އެވިކްޝަންއިން ގެއިން ނެރެލާނެ މީހަަކާއި މެދު ހިޔާލުތަފާތުވާން ފަށައިފިއެވެ.
މިހަފްތާގައި ސަލްމާން ގެއިން އެއްވެސް މީހަކު ބޭރުކޮށްފައި ނުވާއިރު، އެޕިސޯޑް ނިންމާލަމުން ސަލްމާން ބުނެފިއިވަނީ މިފަހްތާގައި ހަފްތާ ބަންދު  އައުމުގެ ކުރިން ކޮންމެވެސް އެކަކުގެއިން ނެރޭނެކަމަށެވެ. ގެއިން ނިކުތުމަށް ނޮމިނޭޓްވެފައިވަނީ މާހިރާ ޝަރުމާ، ޝެހެނާޒް ގިލް އަދި އާރްތީ ސިންގްއެވެ. މިބައިވެރިންގެ ތެރެއިން  އެންމެ ގިނަ މީހުންގެ ސަޕޯޓް ޝެހެނާޒްގިލްއަށް އޮތް އިރު  ގެެއިން ނެރެލާނެ ކަމަަށް ބެލެވެނީ މާހިރާ ނުވަތަ އާރތީއެވެ.
ބިގްބޮސްގެ ގެއިން ބައިވެރިން ނެރުމަށް ހަމަޖެހިފައިވަނީ ބެލުންތެރިންގެ ވޯޓުންނެވެ. އެގޮތުން އެންމެ މަދުން ވޯޓް ލިބޭ މީހަކު ހަފްތާގެ ބަންދުގައި ސަލްމާން އަންނަ އެޕިސޯޑްގައި ގެއިން ނެރެލާނެއެވެ.

ނަމަވެސް ބައެއްފަހަރު ހަފްތާގެ މެދުތެރެއިންވެސް އެމީހުން ގެއިން ނެރެލައެވެ. އެގޮތުން މިހަފްތާގައި ޝެހެނާޒް، އާރްތީ އަދި މާހިރާގެ ތެރެއިން ކޮންމެވެސް އެކަކުން ގެއިން ނެރެލާނެއެވެ.  މިތިން ބައިވެރިންގެ ތެރެއިން ގިނަ މީހުން ބުރަވަނީ މާހިރާގެ މައްޗަށެވެ.  އަދި މިދެބައިވެރިންގެ އެކުގައިވެސް ގެއިން ނެރެލަފާނެ ކަމަށް ބައެއް ނޫސްތަކުގައި ވެއެވެ. މާހިރާގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރިފުޅު އަދި ހުރީ ބިގްބޮސްގެ ގޭގައި ކަމަށާއި، އަދި އޭނާގެއިން ނެރެފައިނުވާކަމަށެވެ.

މިތިން ބައިބެރިންގެ އިތުން ގޭގައި މިހާރުތިބީ ސިއްދާތު ޝުކްލާ، އާސިމް ރިއާޒް، އަދި ރަޝްމީ ދެސާއީއެވެ. ބިގްބޮސްގެ މިއަހަރުގެ ފިނާލޭ ބާއްވަން ނިންމާފައިވަނީ  މިމަހުގެ ފަނަރަވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު