ހަނީ އައި ޝްރަންކް ދަ ކިޑްސް ގެ ރީބޫޓް "ޝްރަންކް" ތައްޔާރުކުރަނީ

އައިމިނަތު ޔުމްނާ
"ހަނީ، އައި ޝްރަންކް ދަ ކިޑްސް" ގެ މަންޒަރެއް. "ހަނީ، އައި ޝްރަންކް ދަ ކިޑްސް" ގެ މަންޒަރެއް.

އެކްޓަރ ރިކްމޮރާނިސް ގެ އެހީތެރިކަމާއެކު 1989 ވަނަ އަހަރު ތައްޔާރުކޮށް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު " ހަނީ އައި ޝްރަންކް ދަ ކިޑްސް " ގެ ރީބޫޓް " ޝްރަންކް " ތައްޔާރުކުރުމަށް ޑިސްނީއިން ނިންމައިފިކަމަށް ދި ހޮލީވުޑް ރިޕޯރޓަރ އިން ކަށަވަރުކޮށްދީފިއެވެ.

އަލަށް އުފައްދާ ފިލްމު " ޝްރަންކް" ޑައިރެކްޓު ކުރާނީ 1989 ވަނަ އަހަރު މިފިލްމުގެ އޮރިޖިނަލް "ހަނީ އައި ޝްރަންކަދަ ކިޑްސް " ވެސް ޑައިރެކްޓުކުރި ޖޯ ޖޯންސްޓަން އެވެ. ފިލްމުގެ ސްކްރިޕްޓު ޓޮޑް ރެޒެންބަރގް ތައްޔާރުކުރާއިރު މިފިލްމުގެ ޕްރޮޑިއުސަރަކީ ޑޭވިޑް ހޮބަރމަންއެވެ.

"ހަނީ،އައި ޝްރަންކް ދަ ކިޑްސް" އިން މޮރާނިސް ފެނިގެން ގޮސްފައިވަނީ ސައިންޓިސްޓެއްގެ ގޮތުގައެވެ. މޮރާނިސްގެ ގޭގައި ތައްޔާރުކޮށްފައިހުރި އެކްސްޕެރިމެންޓަކަށް ނޭގި އޭނާގެ ދަރިން ނަަށް ކުޅެވުމުގެ ސަބަބުން ލޮލަށް ނުފެންނަވަރު ކުދި ސޫފިތަކެއްގެ ސައިޒަށް އެކުދިން ކުޑަވެއެވެ. މިފިލްމުގެ އިތުރުން 1992 ވަނަ އަހަރު "ހަނީ، އައި ބްލިއު އަޕް ދަ ކިޑް" އަދި 1997 ވަނަ އަހަރު " ހަނީ، ވީ ޝްރަންކް އަވަރ ސެލްވްސް" އިންވެސް ވަނީ މޮރާނިސް ފެނިގެންގޮސްފައެވެ.

މޮރާނިސް އަކީ "ގޯސްޓްބަސްޓަރސް"" ސްޕޭސްބާލްސް" ފަދަ ކޮމެޑީ ފިލްމުތަކުގެ މަޖާ ރޯލްތަކުން ފެނިފައިފާ ތަރިއެއްކަމުގައި ވިޔަސް ފިލްމުތަަކުގެ ރޯލްތަކަށް ސޮއިކުރުމުގައި ފަހަކަށްއައިސް މޮރާނިސް ގެންގުޅޭ އުސޫލްވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން 2016 ވަނަ އަހަރުގެ "ގޯސްޓްބަސްޓަރސް" ރީބޫޓް ގެ ރޯލް ނުކުޅެދޫކޮށްލުން ވެގެން ދިޔައީ މޮރާނިސްގެ ސަޕޯޓަރުންނަށް ލިބުނު ހައިރާން ކަމަކަށެވެ. 1994 ވަނަ އަހަރު "ލިޓްލް ޖައިންޓްސް " އަށްފަހު މޮރާނިސް ލައިވް އެކްޝަން ފިލްމު ކުޅެފައިނުވާކަން ފާހަގަ ކޮށްލަމެވެ.

ހަމަގައިމުވެސް މިފިލްމު ވެގެންދާނީ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމަކަށެވެ. 

 


ކިޔުންތެރިންގެ ހިޔާލު