ބިގްބޮސް13 : ހަފްތާގެ މެދުތެރެއިން ގެއިން ނެރެލީ މާހިރާ

އައިޝަތް ޝިމްނާ
ބިގްބޮސްގެ ޕޯސްޓަރެއް ބިގްބޮސްގެ ޕޯސްޓަރެއް

ބިގްބޮސް ފިނާލޭގެ ދެދުވަސްކުރިން  ބިގްބޮސްގެ ގެއިން މާހިރާ ނެރެލައިފިއެވެ.


މާހިރާގެއިން ނެރެލާފައިވަނީ ހަފްތާގެ މެދުތެރެއިންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ދެއްކި އެޕިސޯޑުން އޭނާ ވަނީ ވިކީ ކައުޝަލްއާއެކު ގެއިން ނިކުމެގެން ގޮސްފައެވެ.
ވިކީ ކައުޝަލް ބިގްބޮސްގެ ގެއަށް ގޮސްފައިވަނީ އޭނާގެ ފިލްމު "ބޫތު" ޕްރޮމޯޓްކުރުމަށެވެ. އޭނާ ވަނީ ބިގްބޮސްގެ ގޭގެ ބައިވެރިންނާއި އެކު ފޯރިގަދަ ވަގުތުކޮޅެއް ހޭދަކޮށްފައެވެ. މާހިރާ ގެއިން ނިކުމެގެން ގޮސްފައިވަނީ ބިގްބޮސްގެ މިއަހަރުގެ ޝޯ ނިމެން އެންމެ ދެދުވަހަށް ވެފައިވަނިކޮށެވެ. މިފަހްތާގައި ގެއިން ނިކުތުމަށް ތިން މީހުން ނޮމިނޭޓްވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޝެހެނާޒް، މާހިރާ، އާރްތީއެވެ. މާހިރާ ބިގްބޮސްގެ ގެއިން ދާންޖެހުނީ މިދެމީހުންނަށްވުރެ މަދުން ވޯޓް ލިބުމާއި ގުޅިގެންނެވެ.
މާހިރާ އެލިމިނޭޓްވުމާއި އެކު މިހާރު ގޭގައި ތިބީ ސިއްދާތް ޝުކްލާ، އާސިމް ރިއާޒް، ރަޝްމީ ދެސާއީ އާރްތީ ސިންގް އިތުރުން ޝެހެނާޒްގިލްއެވެ.
ޝޯގެ ފިނާލޭ ބާއްވަން ނިންމާފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު