ލެގޯ ބޭނުންކޮށްގެން ދުނިޔޭގަ މިހާތަނަށް ހެދި ޓައިޓޭނިކް ގެ އެންމެބޮޑު ކޮޕީ ތައްޔާރުކުރީ އޯޓިސްޓިކް ކުއްޖެއް

އައިމިނަތު ޔުމްނާ
ބްރިންޖަރ ކަރލް ބިގްސަން ލެގޯ ބޭނުންކޮށްގެން ހަދާފައިވާ ޓައިޓޭނިކް ބްރިންޖަރ ކަރލް ބިގްސަން ލެގޯ ބޭނުންކޮށްގެން ހަދާފައިވާ ޓައިޓޭނިކް

މިހާތަނަށް ދުނިޔޭގަ ލެގޯ ބޭނުން ކޮށްގެން ޓައިޓެނިކް ގެ އެންމެ ބޮޑު ކޮޕީ އެއް ތައްޔާރުކޯށްފައިވަނީ 700 ގަޑިއިރާއި 11 މަސް ތެރޭގައި އައިސްލޭންޑްގެ ރީކްޖާވިކަށް އުފަން އުމުރުން 10 އަހަރުގެ އޯޓިސްޓިކް ކުއްޖެއްކަމުގައިވާ ބްރިންޖަރ ކާރލް ބިގިސަންއެވެ.

ލެގޯ ބޭނުންކޮށްގެން ހަދާފައިވާ މި ބޯޓް ބަހަށްޓާފައި ހުންނަނީ އެމެރިކާގެ ޓެނެސީގައި ޕިޖަން ފޯރޖްގެ ޓައިޓޭނިކް މިއުޒިއަމް އެޓްރެކްޝަނުގައެވެ.

ދިނގުމިނުގައި 5 ފޫޓް އަދި ފުޅާމިނުގައި 26 ފީޓް ހުންނަ ޓައިޓެނިކް ގެ ކޮޕީ ތައްޔާރު ކުރުމަށް 56،000 ލެގޯ އޭނާ ބޭނުންކޮށްފައި ވެއެވެ.

ބްރިންޖަރ ބުނެފައިވާގޮތުގައި އުމުރުން 5 އަހަރުން ފެށިގެން އޭނާ ލެގޯ ބޭނުންކޮށްގެން އަމިއްލަ ހިޔާލަށް އެއްޗެހި ތައްޔާރުކޮށް ބައެއްފަހަރު އެއްޗެހި ބަލައިގެންވެސް އެކި އެއްޗިހި ލެގޯއިން ހަދާ ހަނދާން ހުރެއެވެ. ކުޑައިރު ބްރިންޖަރ ގެ ޝައުގުވެރިކަން ރެއިލް ތަކަށް އުފެދުނު ނަމަވެސް ކާފަ އާއިއެކު މަސްބާނަށް ދާތީ ބޮޑެތި ބޯޓުފަހަރަށް ޝައުގުވެރިކަން އުފެދި ، އުމުރުން 10 އަހަރުވީއިރު ޓައިޓޭނިކް އާޢި ބެހޭ ގިނަ މައުލޫމާތު އެނގިފައިވާކަމަށެވެ.

ބްރިންޖަރ ބުނެފައިވާގޮތުގައި އޭނާގެ މަންމައާއެކު ޑެންމާރކް ގެ ލެގޯލޭންޑަށް ޒިޔާރަތް ކުރާއިރު ލެގޯ ބޭނުން ކޮށްގެން ހަދާފައި ހުންނަ ތަފާތު އެކި އެއްޗެހީގެ ބޮޑެތި ދައްކާލުންތައް އެތަނުގައި ހުރުމުން ބަރިންޖަރ ވެސް އޭނާ އަމިއްލައަށް މިފަދަ ބޮޑު އުފެއްދުމެއް ލެގޯ ބޭނުން ކޮށްގެން ޓައިޓެނިކާ އެއްވައްތަރަށް ހަދަން ބޭނުންވީއެވެ.

މި ޕްރޮޖެކްޓު ނިންމުމަށް އިންޖިނިއަރެއް ކަމުގައިވާ ބްރިންޖަރ ކާފަގެ އެހީއާއި އޭނާގެ މަންމަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ޓައިޓޭނިކްގެ އޮރިޖިނަލް ބްލޫ ޕްރިންޓް ލެގޯ ސައިޒަށް ކުޑަަކުރުމަށްފަހު ބޭނުންވާ ލެގޯ ގެ އަދަދު މިމަސައްކަތް ފެށުމުގެ ކުރިން ބްރިންޖަރ ވަނީ ބަލާފައެވެ. އަދި މިހާ ބައިވަރު ލެގޯ ގަންނަން ފައިސާ ހޯދާފައިވަނީ އާއިލާގެ އެހީތެރިކަމާ އެކުވެރިންގެ އެޙީއިންނެވެ.

މި ޕްރޮޖެކްޓު ހަދަން ފެށުމުގެ ކުރިން ބްރިންޖަރއަށް ވާހަކަދެއްކުމުގައި ދަތިތަށް ހުރުމުން އެކަނިވެރިކަމުގެ އިހުސާސް އަބަދުވެސް ކުރެވެއެވެ. ނަމަވެސް މިހާރު ބްރިންޖަރ ގެ ކާމިޔާބީއާ ބެހޭ އިންޓަރވިއުތައް ދިނުމުގައިވެސް އެއްވެސް ދަތިކަމަކާ ކުރިމަތިނުވާކަމުގައިވަނީ ބުނެފައެވެ.

ބްރިންޖަރ މިޕްރޮޖެކްޓު ފަށައިގަތް އިރު ސްކޫލްގެ ކޮންމެ ކަމެއްގައިވެސް މީހެއްގެ އެހީ ބޭނުންވެއެވެ ، ނަމަަވެސް މިހާރު ކިޔަވަނީ މީހެއްގެ އެހީތެރިކަމާއި އެކު ނޫން ކަމަށާއި ސްކޫލްގެ ނަތީޖާ އިތުރަށް ރަނގަޅުވެ ، ގިނަ އެކުވެރިން ލިބި ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް ތަފާތު މީހުންނާއި ބައްދަލު ކުރުމުގެ ފުރުސަތުލިބޭކަމުގައިވެސް ބްރިންޖަރ ވަނީ ބުނެފައެވެ.

ބްރިންޖަރ ގެ މަންމަ މައުލޫމާތު ދީފައި ވާގޮތުގައި ކުރިން އޭނާ އުޅެންޖެހުނީ ބްރިންޖަރ އަކީ އޯޓިސްޓިކް ކުއްޖަކަށް ވުމުން ބްރިންޖަރ ގެ މުސްތަޤްބަލް ބިނާވާނެ ގޮތެއް ނޭގި އަނދިރިކަމެއްގެ ތެރޭގައެވެ. އަދި އޯޓިޒަމް ކުދިންނަށް ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ދަތިތަކާ އަބަދު ވިސްނާ ފިކުރު ކުރެވޭ ކަމަށް ބްރިންޖަރގެ މަންމަ ވަނީ ބުނެފައެވެ. ނަމަވެސް މިހާރު ފަހުރުވެރިކަމާ އެކު އޯޓިޒަމް ކުދިން ލިބިފައިވާ އެހެން ބެލެނިވެރިންގާތު އެކުދިންގެ މުސްތަޤްބަލް އުޖާލާވުމުގެ ފުރުސަތު އޮތްކަން ހާމަ ކޮށްދެވޭތީ އުފާވާކަން ބްރިންޖަރ ގެ މަންމަ ފާހަގަ ކުރިއެވެ.

ބްރިންޖަރ ގެ މަންމަ ބުނިގޮތުގައި ދަރިއަކު ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށް ހަދައިދިނުމަށް އެކުދިންގެ އަޑު އަހައި އެކުދިންނަށް ބޭނުންވާ ހުރިހާ ގޮތަކުން އެހީތެރިވެދީ އެކުދިން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލް ކޮށްދިނުމުގެ ފަހަތުގައި އަބަދުވެސް ބެލެނިވެރިން ތިބުމަކީ އެކުދިންގެ މުސްތަގްބަލަށް ކޮށްދެވޭ އެންމެބޮޑު ހޭދައެވެ.

ބްރިންޖަރގެ ކާފަ ބުނެފައި ވާގޮތުގައި އޯޓިޒަމް އޭ ބުނުމުން ހިތުގައި ބިރުވެރިކަމެއް ނުބާއްވާ ކުރިއަށްދިއުން ބުއްދިވެރިއެވެ. ދުނިޔޭގަ ފާހަގަ ކޮށްލެވޭ ބައެއް މަޝްހޫރު ސައެންސްވެރިން ނާއި ލީޑަރުންނަކީވެސް އޯޓިޒަމް އިން ކުރިހޯދާފައިވާ ހިތްވަރުގަދަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު
ވަޑި
ދިގުމިނުގަ 5 ފުޅާ މިނުގަ 26 🧐