”ނޮވެމްބަރ“ ރިލީޒްކުރުން ޖުލައި 06 ގައި

އައިޝަތު ނިއުޝާ
ފިލްމް “ނޮވެމްބަރ”ގެ ޕޯސްޓަރެއް ފިލްމް “ނޮވެމްބަރ”ގެ ޕޯސްޓަރެއް

އަސަރުގަދަ ލޯބީގެ ފިލްމެއްކަމަށްވާ، “ނޮވެމްބަރ” މި އަހަރު ޖުލައި 06 ގައި ރިލީޒްކުރަން ނިންމައިފިއެވެ.

ޑާކްރެއިން އެންޓަރޓެއިންމެންޓުގެ “ނޮވެމްބަރ” ރިލީސްކުރާކަން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ އިއުލާނުކޮށްފައިވަނީ ވަނީ މީސްމީޑިއާގައެވެ.

މި ފިލްމު ގައި ބޮޑު ކާސްޓެއް ފެނިގެންދާނެއިރު، ފިލްމުގައި ޙަރަކާތްރިވާނީ، އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނުގެ އިތުރުން، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ސޯދުބޭވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެ ކަމުގައި މަޢުލޫމާތު ދީފައިވެއެވެ.

ޢާއިޝަތު ފުއާދު އާއި އަޙުމަދު ޠަލާލް ސްކްރީންޕްލޭ ލިޔެފައިވާއިރު، މި ފިލްމު ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ)އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ ޢާއިޝަތު ފުޢާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ވަނީ ޙަރަކާތެރިވެފައިވާ ކަމުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު