ޕަރިނީތީ "ބޮޑީ ޑަބަލް" ބޭނުމެއް ނުކުރާނެ

ޙަދީޖާ އަލީ
އެކްޓްރެސް ޕަރިނީތީ ޗޯޕްރާ (ކ) އަދި ބެޑްމިންޓަން ތަރި ސައިނާ ނެހެވާލް އެކްޓްރެސް ޕަރިނީތީ ޗޯޕްރާ (ކ) އަދި ބެޑްމިންޓަން ތަރި ސައިނާ ނެހެވާލް

ނުރައްކާތެރި ސްޓަންޓްތަކާއި، ބައެއް ކުޅިވަރު އަދި ހަނގުރާމަވެރި މަންޒަރުތައް ޝޫޓްކުރުމުގައި ބޮޑީ ޑަބަލް ބޭނުންކުރުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އާންމު ކަމެކެވެ. ޚާއްސަކޮށް ވަކި ދާއިރާއަކުން އަރާހުރި ފަރާތެއްގެ ޙަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރުކުރާ އިރު މިއީ އަދި ވަރަށް މުހިންމުކަމެއްގެ ގޮތުގައި ބެލެވެއެވެ. ސަބަބީ ފިލްމީ ފަންނާނަކު ތަމްރީން ކުރުމަށްވުރެ އެފަންނުގެ ތަމްރީނު ލިބިފައިވާ މީހަކު ބޮޑީ ޑަބަލްގެ ގޮތުގައި ބޭނުންކުރުމުން, ފަސޭހަވެފައި ފިލްމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެތީއެވެ.

އިންޑިޔާގެ ބެޑްމިންޓަން އޮލިމްޕިއަން ޗެމްޕިއަން ސައިނާ ނެހެވާލްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގެ ޑައިރެކްޓަރުގެ ވިސްނުން ހުރީ މުޅިން ތަފާތުކޮށެވެ. ފިލްމުގައި ބޮޑީ ޑަބަލް އެއް ނުލާ، ޕަރިނީތީ ފެންނާނީ ހަގީގާތައި ވަރަށް އެއްގޮތަށެވެ. ތަމްރީނުތަކުގައި އުޅެނިކޮށް އޭނާގެ ކޮނޑަށް ލިބުން އަނިޔާގެ ސަބަބުން ޕަރިނިތީ މިހާރުވެސް ހުރީ ފަރުވާ އަށް މަޑުކޮށްގެނެވެ. ވަރަށް އަވަހަށް އަލުން ޓީމާއި ގުޅި ތަމްރީންތައް ފަށާނެއެވެ. މިފަހަރު ފަށާއިރު ކުރިއަށްވުރެ ތަމްރީންތައް އުނދަގޫ ވާނެއެވެ.

ޕަރިނިތީވެސް ހުރީ މި ނިންމުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންނެވެ. މި ފިލްމަށް ތައްޔާރުވާން ގިނަ ތަމްރީންތަކަކާއި ތައްޔާރީތަކެއް ވަމުން އަންނަ ޕަރިނިތީ ބުނީ މިއީ ޕަރިނިތީގެ ފިލްމީ ޙަޔާތް ބަދަލުކޮށްލާނެ ފިލްމަކަމަށް ވާނެކަމުގައެވެ. މި ފިލްމު އެންމެ ފުރަތަމަ ހުށައެޅުނީ ޝްރައްދާ ކަޕޫރަށެވެ. ނަމަވެސް ޝްރައްދާއަށް އެހާ ގިނާ ވަގުތު މި ފިލްމަށް ދެވެން ނެތުމުން ޕަރިނީތީ އަށް ބަދަލުކުރީއެވެ. ފިލްމުގެ ތަމްރީންތަކުގެ އިތުރުން ސައިނާގެ ވީޑިއޯތައް ބަލައިގެން ސައިނާގެ ހަރަކާތްތައް ކޮޕީކުރަންވެސް ޕަރިނިތީ މަސައްކަތްކުރާނެއެވެ. ކޮންމެއަކަސް ބެލުންތެރިން ތިބީ ފިލްމު އަޅުވާނެ ތާރީޚެއްގެ އިންތިޒާރުގައެވެ.  

ކިޔުންތެރިންގެ ހިޔާލު