ކެޓީ ޕެރީ މަންމަ އަކަށްވާން އުޅޭކަމުގެ ޚަބަރު ސަޕޯޓަރުންނަށް ދިނީ ތަފާތު ގޮތަކަށް

މަރިޔަމް ނަދާ
ކެޓީ ޕެރީ ކެޓީ ޕެރީ

އެންމެ ފަހުން އާއްމުކުރި ކެޓީ ޕެރީގެ ވީޑިއޯ ކަމަށްވާ "ވެނަރ ވޯން ވައިޓް" ވީޑިއޯއިން ވަނީ އޭނާ މާބަނޑުކަން އާއްމުންނަށް އިޢުލާން ކޮށްފައެވެ. ކެޓީއާއި ބްލޫމް ލޯބީީގެ ގޮތުން ގުޅިފައިވަނީ 2016 ވަނަ އަހަރުއެވެ. 

އިންސްޓަގްރާމުގައި ޕެޓީ ޝާއިޢުކޮށްފައިވާ ޕޯސްޓްގަައިބުނެފައިވަނީ ދަރިފުޅު އުފަންވުމާއި އޭނާގެ 6 ވަނަ އަލްބަމް ރިލީޒް ކުރުމުގެ އުފާ އެކުއެކީގައި ލިބެގެންދާނެކަމުގައެވެ. 

ޕެޓީ އޭނާގެ އަލަތު ދަރިފުޅު ލިބެންއުޅޭކަމުގެ ޚަބަރު ވީޑީއޯ ލަވައެއް މެދުވެރިކޮށް އާއްމުކުރި ކުރުމާއި ގުޅިގެން ބުނެފައިވަނީ އޭނާގެ ސަޕޯޓަރުންނާ އޭނާ މުޢާމަލާތުކޮށް އުޅެނީ ލަވައިން ކަމަށާ އެހެން ކަމުން އޭނާގެ މި އުފާވެރިކަންވެސް ސަޕޯޓަރުންނަށް ލަވައަކުން ދިނުމަށް ބޭނުންވީކަމުގައެވެ. 

މި އުފާވެރި ޚަބަރު ސަޕޯޓަރުންނަށް ދިނުމަށްފަހު މިހާރު ޕެޓީ ތައްޔާރުވަަމުންދަނީ އަންނަ އާދިއްތަ ދުވަހު މެލްބަން ކްރިކެޓް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ޓީ-20 ވޯލްޑް ކަޕްގައި ލަވަ ހުށަހަޅައިދިނުމަށް އޮސްޓްރޭލިޔާއަށް ދަތުރު ކުރުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު