ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އާންމުންނަށް ދޭ ހަދިޔާއަކަށް 'ހެހެސް'

ނަފްހާ ހަމީދު
ހެހެސް ފިލްމުގެ ޕޯސްޓަރ ހެހެސް ފިލްމުގެ ޕޯސްޓަރ

ޝައި ޕްރޮޑަކްޝަންއާއި ޔޫއްޕެ ޕްރޮޑަކްޝަން ގެ ކުރިޔަށް އޮތް ފިލްމް 'ހެހެސް' ރަސްމީކޮށް ލޯންޗް ކޮށްފިއެވެ.

ކާމިޔާބު ފިލްމް ތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އިސްމާއިލް ޝަފީގާއި، އަލީ ޝާނީޒް މުހައްމަދު ޕްރޮޑިޔުސްކުރާ މި ފިލްމްގެ ޑައިރެކްޝަން ހަދައިދީފައިވަނީ އާންމުންގެ ތެރޭގައި ފަރިތަ މޫނެއް ކަމަށްވާ އަހުމަދު ނިމާލެވެ.

ދިވެހި ސިނަމާގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ޔޫސުފް ޝަފީޢު (ޔޫއްޕެ) ފިލްމުގެ ސްކްރީންޕްލޭ ލިޔެދީފައިވާއިރު، ފިލްމުގެ މުހިންމު ރޯލަކުންވެސް ޔޫއްޕެ ފެނިގެންދާނެއެވެ.

ވަރުގަދަ ކާސްޓަކާއިއެކު ފެށުމަށް ތައްޔާރުވެފައިވާ 'ހެހެސް' ގެ ކާސްޓުންގެ ތެރޭގައި އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި" އިން މުހިއްމު ރޯލަކުން ފެނިގެންދާނެ ޝިޔާގެ އިތުރުން ބެލުންތެރިންގެ މެދުގައި މަޤްބޫލު ދެ މޫނުކަމަށްވާ އަލީ އާޒިމް ( ދޮންއައްޔަ)އާއި އިބްރާހިމް ޖިހާދު (ޖިމީ) ވެސް ހިމެނިގެންދެއެވެ.

މިއަހަރުގެ ރޯދައިގެ ފަހުން ސިނަމާތަކަށް ގެންނާނެ ކަމުގެ އުފާވެރި ހަބަރު ދީފައިވާއިރު ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދިވެހި އެތައް ފިލްމް ތަކެއް ޝޫޓްކޮށްފައިވާ ބ.ގޮއިދޫގައެވެ.

ލޮކޭޝަންއާއި ކާސްޓުން ތައްޔާރަށް ތިބިކަމުގައި ވީނަމަވެސް، ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދިޔުމާއި ގުޅިގެން، ޝޫޓިންގ ފެށޭނެ ދުވަހެއް ނޭނގޭކަމަށް ޝަފީޤު އިތުރަށް ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު
ޢަސްމު
މި ހާރު ދެން ނަމެއް ނަމެއް ނޯވެ ދޯ ކިއަން