ޓެންގަލްޑްގައި ރެޕަންޒަލް އުފަންވީ "ކޮރޯނާ" އަވަށަށް ، އޭނާ އެކަހެރިކޮށް އެތައްއަހަރުތަކެއް

އައިމިނަތު ޔުމްނާ
ޓެންގަލްޑްގައި ރެޕަންޒެލް ޓަވަރެއްގައި އެކަހެރިކޮށްފައި ޓެންގަލްޑްގައި ރެޕަންޒެލް ޓަވަރެއްގައި އެކަހެރިކޮށްފައި

ކޮރޯނާވައިރަސް އާއި ކޮންމެވެސް ވަރަކަށް އިއްތިފާގުން ނަމަވެސް ރެޕަންޒެލް ފިލްމް " ޓެންގްލްޑް" ގުޅިފައިވާކަމަށް ބުނެ ގިނަބައެއްގެ ސަމާލުކަން ފިލްމަށް ހުއްޓިއްޖެއެވެ.

2010 ވަނަ އަހަރު ޑިޒްނީއިން ވަނީ ރިޕަންޒެލް ކާޓުންގެ ވާހަކައަށް ބަދަލު ތަކެއް ގެނެސް "ޓެންގްލްޑް " ގެނަމުގައި އާފިލްމެއް ބެލުންތެރިންނަށް ގެނެސްދީފައެވެ.

އިއްތިފާގަކުން ނަމަވެސް މިފަހަރު މިވަނީ ކޮރޯނާ އާ ކޮންމެވެސް ވަރަކަށް ޑިޒްނީގެ މިފިލްމާއި ގުޅިފައެވެ. މިފިލްމުގައި ރެޕަންޒެލް އުފަންވީ "ކޮރޯނާ" ނަމަކަށް ކިއާ އަވަށަކަށެވެ. އަދި ފްރިންސް ރައިޑަރ އައިސް ރެޕަންޒެލް ސަލާމަތް ކުރުމާއި ހަމަ އަށް ރެޕަންޒެލް ހުރީ "ކަރަންޓީން" ކޮށްފަކަހަލަ ގޮތަކަށް މީހުންނާއި ބައްދަލުވެ ނޫޅެވޭގޮތަށް ޓަވަރެއްގައި ބަހައްޓާފައެވެ. ތުއްތުއިރު ވަގަށް ނަގައިގެން ގެންގޮސް އެހެން މީހުންނާއި ދިމާނުވާ ގޮތަށް ފިލްމުގައި ރެޕްނަޒެލް ހުރީ އުސް ޓަވަރެއްގައި އެތައް އަހަރުތަކަކަށް އެކަހެރި ކޮށްފައެވެ.

މިކަމާ ގުޅުވައިގެން ސޯޝަލް މީޑީއާގައި ގިނަބަޔަކު ދަނީ ހިޔާލު ފާޅުކުރަމުންނެވެ. ރެޕަންޒަލް އެކަހެރި ކޮށްފައި ހުރި ހުރުމާއި އޭނާ އުފަންވި އަވަށަަށް ކޮރޯނާގެ ނަން ދެވިފައިފުން ވެގެން ދިޔައީ ޓްވިޓާރ ގައި އެތައްބައެއް އެކަމާ ހިޔާލު ފާޅުކުރަން މެދުވެރިވި ސަބަބަކަށެވެ.




ކިޔުންތެރިންގެ ހިޔާލު