ކަނިކާ ކަޕޫރު ކޮވިޑް-19 އަށް ޕޮސިޓިވް ވުމުންވެސް އުޅުނީ ޕާޓީކުރަން

ޙަދީޖާ އަލީ
ކަނިކާ ކަޕޫރު ކަނިކާ ކަޕޫރު

ދަތުރުކުރި ތަންތަން ސިއްރުކޮށް ބަލީގެ އަލާމާތްތަކާއި އެކު ޕާޓީ ކުރުމުން، ބޭބީ ޑޯލް ފަދަ ލަވަތައް ކިޔައިގެން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރުގެ މައްސަލަ ޕޮލިހުން ބަލަން ފަށައިފިއެވެ.

ކަނިކާގެ ފަރުވާކުޑަ ކަމާއި އިޖްތިމާޢީ ޒިންމާ އަދާ ނުކުރުމުގެ ސަބަބުން މުޅި ފިލްމު އިންޑަސްޓްރީ އެކަމާ ލަދުވެތިވާ ކަމަށާއި، ބޭރުޤައުމުތަކަށް ދަތުރުކުރުމަށްފަހު އެކަން ސިއްރުކުރުމަށް ފަހު ކޮވިޑް-19 ގެ އަލާމާތްތައް ފެންނަން ހުރުމުންވެސް ލަކްނޫގައި ޕާޓީ ކޮށްގެން ގިނަ ބަޔަކު ނުރައްކަލަށް ހުށަހަޅާފައިވާ ކަމަށް، ނަން ހާމަނުކުރުމަށް އެދި ލަވަކިޔުންތެރިއަކު މަޢުލޫމާތުދިނެވެ.

ކަނިކާ ކޮވިޑް-19 އަށް ޕޮސިޓިވް ވުމާއި އެކު އޭނާ ލަކްނޫ ގައި ދިރިއުޅެމުންދާ ގެއާއި ޕާޓީކުރި ސަރަޙައްދުތައް ބަންދުކޮށް، އުއްތަރު ޕްރަދޭޝް ސަރުކާރުންވަނީ ކަނިކާ އާއި ދެކޮޅަށް ޖިނާޢި ތަޙުޤީޤުހިންގުމަށް ޕޮލިހަށް އަންގާފައެވެ.

ކަނިކާގެ ޢަމަލު ތަކާއި މެދު ވާހަކަ ދައްކަމުން ބީ.ޖޭ.ޕީގެ ކެބިނެޓް މިނިސްޓަރ ބާބުލް ސުޕްރިޔޯ ހާމަ ކުރި ގޮތުގައި، ކަނިކާގެ އަމަލުތަކަކީ ތަސައްރަފު ނުފުދޭ އަދި ބަލައި ނުގަނެވޭނެ ޢަމަލުތަކެއްކަމަށާއި، ޕާޓީ އިންތިޒާމްކުރި ފަރާތާއި ޕާޓީއަށް ދިޔަ މެހެމާނުންވެސް އެއްވަރަކަށް ކުށްވެރިވާ ކަމަށެވެ. ނަމަވެސް ކަނިކާއަށް އަވަސް ޝިފާއަކަށް އެދޭކަމަށްވެސް މިނިސްޓަރ ހާމަކުރިއެވެ.

ކަނިކާ އިންތިޒާމްކުރި އެއް ޕާޓީގައި ސިޔާސީ ދާއިރާގެ އިސްފަރާތްތަކާއި، އިޖްތިމާޢީ އެކިއެކި ކަންކަމުގައި އުޅޭ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. ކަނިކާއަކީ އުއްތަރު ޕްރަދޭޝް އިން މި ބައްޔަށް ޕޮސިޓިވް ވި 4 މީހުންގެ ތެރެއިން އެކެކެވެ.

ކިޔުންތެރިންގެ ހިޔާލު