ސަލްމާން ޚާންގެ ފިލްމު " ރާދޭ"ގެ އެޑިޓިންގެ މަސައްކަތް ކުރާނީ ގޭގައި

ޙަދީޖާ އަލީ
ސަލްމާން ޚާން ސަލްމާން ޚާން

ސަލްމާން ޚާންގެ ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނަން އޮތް ފިލްމު "ރަދޭ- ޔޯރ މޯސްޓް ވޯންޓެޑް ބާއި" ގެ އެޑިޓިންގެ މަސައްކަތްތައް އޭނާގެ ގޭގައި ކުރުމަށް ނިންމައިފިއެވެ. ބޭރަށް ނިކުމެ އުޅުން މަނާކުރި ފުރަތަމަ ދުވަސްކޮޅު ސަލްމާންވެސް ގޭގައި ހުރެގެން ކުރަހާ، ލަވަކިޔާ، އާއިލާ އާއި އެކުގައި ވަގުތު ހޭދަ ކުރިއެވެ ނަމަވެސް މިހާރު ސަލްމާން ބޭނުންވަނީ މަސައްކަތްކުރާށެވެ.

ސަލްމާން ޚާނަކީ ވަރަށް އަވަހަށް ކަންކަން ނިންމަން ބޭނުންވާ، ކެތްތެރިކަން ކުޑަ މީހެކެވެ. ނަމަވެސް މުޅި ދުނިޔޭގައި ކަންތައް މިހާރު މިއޮތް ޙާލަތުން ގެއިން ބޭރަށް ނިކުތުމާއި، މީހުން އެއްވެ އުޅުން މަނާވެފައި ވުމުން، އާންމު އުސޫލުން ކަންތައް ގެންދެވޭކަށް ނެތެވެ. އެހެންކަމުން ފިލްމު އުފައްދާ ފަރާތްތަކުގެ މަސައްކަތްވެސް ވަނީ އެއްކޮށްހެން ހުއްޓިފައެވެ. ނަމަވެސް ގޭގައި ކުރެވޭނެ ކަމެއް އޮތިއްޔާ އެކަމެއް ކުރުން އެއީ ބުއްދިވެރިކަމެއް ކަމުން އެކަން އެގޮތަށް ކުރަން ނިންމީއެވެ.

ސަލްމާނަކީ އޭނާގެ ފިލްމުތަކުގެ އެޑިޓިންގައި ޢަމަލީ ގޮތުން ބައިވެރިވާ ފަންނާނެކެވެ. އެހެންކަމުން ގޭގައި ހުންނަން ލިބުނު ފުރުސަތުގައި، ވަގުތު ބޭކާރުކޮށްނުލާ، އަވަހަށް އެކަން ނިންމާލަން ބޭނުންވީއެވެ. މި ފިލްމަކީ މިއަހަރުގެ ޢީދާއި ދިމާކޮށް ސިނަމާތަކުގައި އަޅުވަން ޕްލޭންކުރާ ފިލްމެކެވެ. ކޮވިޑް-19 ގެ ކަންކަން ރަގަޅުވެ ޙާލަތު ބަދަލު ވެއްޖެނަމަ، އެދުވަހަށް އެޅުވޭނީ، ޓެކްނިކަލް މަސައްކަތްތައް ވެސް ނިމިފައި ވުމުން ތާއެވެ

ކިޔުންތެރިންގެ ހިޔާލު