ތުއްތު ކުދިން އަތްދޮވުމަށް ބާރު އެޅުމަށް "ބޭބީ ޝާރކް" އަތްދޮންނަ ގޮތް ކިޔާދޭ ލަވައެއް

އައިމިނަތު ޔުމްނާ
ބޭބީ ޝާރކް ގެ އަލަށް ނެރުނު ލަވަ ބޭބީ ޝާރކް ގެ އަލަށް ނެރުނު ލަވަ

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ކުދި ބޮޑު އެންމެންވެސް ގިނަގިނައަން އަތް ދޮވުމަށް ޑަބްލިއުއެޗްއޯ އެޗްޕީއޭއިން ދަނީ މެދު ނުކެނޑި އިލްތިމާސް ކުރައްވަމުންނެވެ. 

މިއީ ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތް ވުމަށް އެޅޭނެ އެންމެ ރައްކާތެރިކަމުގެ ފިޔަވަޅު ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ވަނީ ދައްކާފައެވެ.

އަތްދޮށްނަންވީ ގޮތް ކިޔާދޭން އެންމެ އުނދަގޫވާނީ ތުއްތު ކުދިންނަށްށެވެ. ނަމަވެސް ޕިންކްފޮންގް އިން މިވަނީ ކުޑަކުދިން އަތްދޮންނަ ވީގޮތް އެކުދިންގެ އެންމެ އެކުވެރި ބޭބީ ޝާރކް ގެ ލަވައަކުން ކިޔައި ދީފައެވެ. 

ޕިންކްފޮންގް އިން އަލަށް ނެރުނު "ވޮޝް ޔޯ ހޭންޑްސް ވިތް ބޭބީ ޝާރކް" މިލަވައަކީ ކުޑަކުދިންނަށް އަތްދޮންނަން ދަސްކޮށްދިނުމަށް ރަނގަޅު ލަވައެކެވެ. އެކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ މި ވީޑިއޯ ޔޫޓިއުބަށް ލީތާ ދެދުވަސް ތެޜޭގައި 1.1 މިލިއަން ފަަހރު މިވީޑިއޯ ވަނީ ބަލާފައެވެ.


ކިޔުންތެރިންގެ ހިޔާލު