ޝަލަބީ އާއި ޝިފާ ކައިވެނިކޮށްފި

ޝަލަބީ އާއި ޝިފާ ޝަލަބީ އާއި ޝިފާ

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމާއި ޝިފާ އިބްރާހިމް ކައިވެނިކޮށްފިއެވެ.

މޯލްޑިވިއަން އައިޑޮލް އިން އާންމުންގެ މަގްބޫލްކަން ހޯދި އުމުރުން 23 އަހަރުގެ ޝަލަބީ އާއި އުމުރުން 21 އަހަރުގެ ޝިފާ ކައިވެނިކޮށްފައި ވަނީ މިއަދު ހެނދުނުއެވެ. ޝަލަބީ ލޯބީގެ ގޮތުން އައްޑޫ ހިތަދޫ އަށް އުފަން ޝިފާ އާއި ރައްޓިހިވެގެން އުޅޭތާ ދޮޅު އަހަރުވެއްޖެއެވެ.

މި ދެތަރިން ކައިވެނި ކުރީ ފެމެލީ ކޯޓުން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ޒޫމް ކޮންފަރެންސް ކޯލެއް މެދުވެރިކޮށެވެ. ދިވެހިވަންތަ ގޮތަކަށް ކުރެވުނު މި ކައިވެނީގެ ރަނަކީ 1،234.56 ރ އެވެ.

މި ކައިވެނި ކުރެވުނު ވަގުތު ޝަލަބީ އާއި ޝިފާގެ އާއިލާގެ ބައެއް މެމްބަރުން ބައިވެރިވިއެވެ. އަދި ކައިވެނި ކުރި ވަގުތު ޝިފާދިވެހިވަންތަ ރަތް ލިބާހެއް ލައިގެން ހުރިއިރު، ޝަލަބީ ލައިގެން ހުރީ ހުދު ގަމީހަކާއި ޖިންސަކެއެވެ.

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އަކީ މިވަގުތު ރާއްޖޭގެ މިއުޒިކީ ދާއިރާގެ އެންމެ މަގުބޫލް އެއް ފަންނާނެވެ. ޝަލަބީ އަދި ޝިފާ ފަހަކަށް އައިސް އެއްކޮށް ޝޯ ހުށައަޅާދެއެވެ. އަދި މި ދެ ފަންނާނުންވެސް ފިލްމުތަކަށާއި އެކި އެކި އަލްބަމް ތަކަށް ލަވަ ކިޔާދެއެވެ.

ކިޔުންތެރިންގެ ހިޔާލު