ބްލެކް ޕެންތަރގެ ތަރި ޗެޑްވިކް ބޯސްމަން މަރުވެއްޖެ

ޗެޑްވިކް އަކީ ބްލެކް ޕެންތަރގެ ލީޑު ރޯލުން ފެނިގެންދިޔަ އެކްޓަރު ޗެޑްވިކް އަކީ ބްލެކް ޕެންތަރގެ ލީޑު ރޯލުން ފެނިގެންދިޔަ އެކްޓަރު

މާވެލް ސްޓޫޑިއޯސްއިން ނެރުނު ބްލެކް ޕެންތަރ ފިލްމްގެ ލީޑު ރޯލުން ފެނިގެންދިޔަ ޗެޑްވިކް ބޯސްމަން މަރުވެއްޖެއެވެ. 

އޭނާ މަރުވެފައިވަނީ ގޮހޮރުގެ ކެންސަރާއި ހަނގުރާމަ ކުރަމުން ދަނިކޮށެވެ. އޭނާއަށް ކެންސަރު ޖެހުނުތާ ހަތަރު އަހަރު ވެފައިވާއިރު މަރުވިއިރު އޭނާގެ އުމުރަކީ 43 އަހަރެވެ. އޭނާ މަރުވީ ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ ގޭގައި އާއިލާގެ ކައިރީގައެވެ. 

އެންމެ ފަހުން އޭނާ ކުޅުނީ ސްޕައިކް ލީ ޑައިރެކްޓްކޮށް ނެޓްފްލިކްސްއިން އުފެއްދި "ދަ ފައިވް ބްލަޑްސް" ގައެވެ. 

އޭނާގެ މަރާއި ގުޅިގެން ހޮލީވުޑްގެ ތަރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. 

އޭނާގެ އެންމެ ހިޓު ފިލްމަކީ ބްލެކް ޕެންތަރ ކަމަށްވާއިރު އޭނާ ވަނީ މާވެލްގެ އެވެންޖާސްގެ ފިލްމްތަކުގައި ވެސް އެރޯލުން ފެނިގެންގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު