އެންސީބީއިން ދީޕިކާ އަދި ޝްރައްދާއާ ސުވާލުކުރަނީ

ދީޕިކާ އަދި ޝްރައްދާ ދީޕިކާ އަދި ޝްރައްދާ

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން (އެންސީބީ) މަޝްހޫރު ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ޝްރައްދާ ކަޕޫރާ ސުވާލުކުރަން ނިންމައިފިއެވެ.

މި ތަރިންނާއި ސުވާލުކުރަން ނިންމާފައިވަނީ ސުޝާންތު ސިންގް ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ދީޕިކާގެ މެނޭޖަރު ކަރިޝްމާއާ ސުވާލުކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އިންޑިއާގެ މީޑިއާތަކުން ވަނީ ޝްރައްދާގެ އިތުރުން ސައިފް އަލީ ޚާންގެ ދަރި ސާރާ އަލީ ޚާންއާ ސަުވާލުކުރުމަށް ވެސް އެންސީބީއިން ނިންމާފައިވާ ކަމަށް ބުނެފައެވެ. ސާރާ އަދި ޝްރައްދާއާ ސުވާލުކުރަން ނިންމާފައިވަނީ ޕޫނޭ ކައިރީގައި އޮންނަ ރަށަކަށް ސުޝާންތުއާއެކު  ޕާޓީ ކުރުމަށް އެ ދެ ތަރިން ގޮސްފައިވާކަން ހާމަވުމާއި ގުޅިގެންނެވެ. 

ސުޝާންތުގެ މަރުގެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ކަމަށްވާ ރިއާ ޗަކްރޮބަތީ ވަނީ ސާރާ އާއި އަދިވެސް އެހެން ތަރިންތަކެއް މަސްތުވާތަކެތި ބޭނުންކުރިކަމަށް ތަހުގީގަށް ބުނެފައެވެ.  

ކިޔުންތެރިންގެ ހިޔާލު