ކޯން ބަނޭގާ ކްރޯރް ޕަތީގެ ބާރަ ވަނަ ސީޒަން މިމަހު ދައްކަނީ

ކޯން ބަނޭގާ ކްރޯރް ޕަތީގެ ހޯސްޓް އަމީތާބު ޝޯވްގެ ސެޓުގައި ކޯން ބަނޭގާ ކްރޯރް ޕަތީގެ ހޯސްޓް އަމީތާބު ޝޯވްގެ ސެޓުގައި

ކޯން ބަނޭގާ ކްރޯރް ޕަތީ (ކޭބީސީ)ގެ ބާރަ ވަނަ ސީޒަން މި ހިނގާ މަހު ދައްކާ ގޮތަށް ނިންމައިފިއެވެ.

މި ޝޯވް ގެ ޝޫޓިންތަށް ސަލާމަތީ ގޮތުން ވަރަށް ބޮޑަށް ބަލައިގެން މިދިޔަ މަސްތެރޭގައި ފަށާފައިވާ އިރު ޝޯވ ގެ ޝޫޓިންގ ކްރޫއިން ކުރީ ޕީޕީއީ ލައިގެންނެވެ.

ޝޫޓިން މިދިޔަ މަހު ފަށާފައިވާ އިރު އަމީތާބް އެނބުރި މަސައްކަތަށް ނިކުމެފައި ވަނީ ކޮވިޑް ޖެހި ހޮސްޕިޓަލުގައި ދުވަސްތަކެއްގެ ފަރުވާ ހޯދުމަށް ފަހު ރަނގަޅުވެގެންނެވެ. ލޮކްޑައުން ތެރޭގައިވެސް އަމީތާބް ވަނީ ކޭބީސީގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައެވެ.

އެހެން ފަހަރުތަކާއި ޙިލާފަށް މިފަހަރު ލައިވް އޯޑިއަންސް ނުލައި ޝޫޓް ކުރަން ޖެހުމުގެ ސަބަބުން ޝޯވގައި ބައިވެރިވި ހުރިހާ ތަރިންވެސް ވަނީ ސެލްފް އައިސޮލޭޝަން ފުރިހަމަކޮށްފައެވެ.

ކޭބީސީގެ 3 ވަނަ ސީޒަން ފިޔަވައި އެހެން ހުރިހާ ސީޒަނެއްވެސް ހޯސްޓް ކޮށްފައި ވަނީ އަމީތާބްއެވެ. ކޭބީސީ އަކީ އެ ޝޯވް ގައި ކުރާ ހުރިހާ ސުވާލުތަކަކަށް ރަނގަޅު ޖަވާބު ދީގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބިގެން ދާ ޝޯވ އެކެވެ.  

ޙަބަރުތައް ބުނާ ގޮތުން މި ޝޯވ ގެ ފުރަތަމަ އެޕިސޯޑް ފެނިގެންދާނީ ސެޕްޓެމްބަރު 28ގައެވެ.


ކިޔުންތެރިންގެ ހިޔާލު