ޒޭން އަދި ޖީޖީއަށް އަންހެން ކުއްޖަކު ލިބިއްޖެ

ޒޭން އަދި ޖީޖީ ޒޭން އަދި ޖީޖީ

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އަދި އޭނާގެ ލޯބިވެރިޔާ ޖީޖީ ހަދީދަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ. 

ޒޭން ވަނީ ޓްވީޓަކާއެކު މުޅި ދުނިޔެއަށް މިކަން ހާމަކޮށްފައެވެ. ޒޭންގެ އަތުގައި ތުއްތު ކުއްޖާ ހިފައިގެން އޮތް ކަޅާ ހުދުގެ ފޮޓޯއެއް ޒޭން ވަނީ ޓްވީޓްކޮށްފައެވެ. މި ޓްވީޓްގައި އޭނާ ވަނީ "މި ތުއްތު ތުއްތު އިންސާނާއަށް އަހަރެންގެ ހިތުގައި އޮތް ލޯބި ބަޔާންކޮށްދޭން ވެސް ނޭނގޭ" ކަމަށް ބުނެފައެވެ. 

އުމުރުން 25 އަހަރުގެ ޖީޖީ ބަލިވެ އިންކަން ކަށަވަރުކޮށްދިނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޖިމީ ފެލޮންގެ ޓުނައިޓް ޝޯވްގައެވެ. އޭރު އޭނާ ބުނީ އެންމެންގެ ފަރާތުން ލިބެމުންދާ ލޯތްބާއި ސަޕޯޓާއި މެދު ޒޭންއާ ދެމީހުން ތިބީ ހިތްހަމަޖެހިގެން ކަމަށެވެ. މި ދެ ތަރިން ޑޭޓް ކުރަމުންދާތާ މިހާރު ވަނީ ފަސް އަހަރު ވެފައެވެ. 

ޒޭން ވެގެންދިޔައީ ކުރީގެ ބޭންޑް ވަން ޑައިރެކްޝަންގެ މެމްބަރުންގެ ތެރެއިން ދަރިޔަކު ލިބުނު ތިންވަނަ ތަރިއަށެވެ. 

ޒޭން ވަނީ ހުކުރު ދުވަހު އައު ލަވައެއް ރިލީސް ކުރާނެ ކަމަށް ވެސް ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު