ޒަކާތުގެ މުހިންމުކަން

ސަދާ ސައީދު

ޒަކާތް ދިނުމަކީ ވާޖިބެކެވެ. އެހެންމެ އެއީ ނަމާދަށް ފަހުގައި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ މުހިންމު ރުކުނެވެ. މުސްލިމް މުޖުތަމަޢެއްގައި އުޅޭ މީހަކު ޒަކާތުގެ ވާޖިބު ކަމާ މެދު ދެކޮޅުހަދައި އިންކާރު ކޮށްފިނަމަ އޭނަ ކާފިރުވާނެއެވެ.

އެފަދަ މީހަކު ޒަކާތް ދިނަސް އަދި ނުދިންކަމުގައި ވިޔަސް އިންކާރު އެކުރަނީ އިސްލާމް ދީނުގެ އަސްލު މަސްދަރު ތަކުގެ ތެރެއިން ޤުރުއާނާއި ނަބިއްޔާ ޞައްލައްﷲ ޢަލައި ވަސައްލަމް އާއި އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުގެ މައްޗަށެވެ.

އަދި ޒަކާތުގެ ވާޖިބު ކަމާ މެދު އެއްބަސްވާ ޙާލު ޒަކާތް ދިނުމަށް ފަރުވާ ކުޑަކޮށް މުދަލުގެ ދަހިވެތި ކަމުގައި ޒަކާތް ނުދޭ މީހާ ކާފިރު ވުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތެވެ. މި ތަފާތުވުމުގެ ބުރަވެވޭ ރަނގަޅު ގޮތަކީ އޭނަ އަކީ ކާފިރެއް ކަމުގައި ނުވުމެވެ. ނަމަވެސް އެހިސާބުން އޭނާ ވެގެންދަނީ ފާސިޤަކަށެވެ.ޒަކާތް ދިނުމަށް ވާޖިބުވާ މުދާ:* ރަން ރިހި* ގެރި ބަކަރި އަދި ޖަމަލު* ގޮވާމާއިމޭވާ* ވިޔަފާރި މުދާ* ބިމުން ނެރެވޭ ގޮވާމުގެ ބާވަތްތައް ( ހަނޑޫ، ގޮދަން ފުށް ފަދަ އެއްޗެހި)

މުދަލު ޒަކާތް ވާޖިބުވުމުގެ ޝަރުތު* މުސްލިމަކު ކަމުގައިވުން* މުދާ ފުރިހަމައަށް މިލްކުވެގެންވުން* މިނިވަނަކު ކަމުގައިވުން

ގޮވާމާއި މޭވާއިން ޒަކާތް ވާޖިބުވުމުގެ ޝަރުތުގޮވާން:* ގޮވާން ކޮށްގެން ހައްދާފައިވާ ތަކެތި ކަމުގައިވުން* އޮއްޓަރު ހަރުވުން* ރައްކާކޮށްފައި ބެހެއްޓޭ ފަދަ އެއްޗަކަށްވުން* ނިޞާބު ހަމަވުންމޭވާ:* ދޮންވެ ފައްކާވެފައި ހުރުން* ނިޞާބު ހަމަވުންޒަކާތުގެ މަޤުސަދު* ޒަކާތް ދޭ މީހާ ކިބައިގައި ދީލަތިވުމުގެ ސިފަ އަށަގަނެފައި ހުރުން.* އޭނާއާއި މުޖުތަމައުގެ ފަރުދުންނާއި މެދު އޮންނަ ގުޅުން ބަދަހިކުރުން.* މުޖުތަމައުގެ ފަރުދުންގެ މެދުގައި ތަފާތުކުރުންތައް ނައްތާލެވުން.

ކިޔުންތެރިންގެ ހިޔާލު