މިއުޒިކް ހިމަނައިގެން މަދަހަ ހެދުމަކީ ރަނގަޅުކަމެއް ނޫން: ޝައިހް ޒައިދު

ޢަލީ ޔާމީން
ފޮޓޯ: ދަ ޕްރެސް

މަދަހަ ހަދާއިރު، އޭގައި މިޔުޒިކް ބޭނުން ކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫންކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ޝައިހް ޒައިދު ވިދާޅުވީ، މަދަހަ ކިޔުން އެންމެ ރަނގަޅީ އެއްވެސް މިޔުޒިކަކާއި ނުލާކަމަށެވެ.

"އެއްވެސް މިޔުޒިކަކާއި ނުލައި ކިޔަން ޖެހޭ އެއްޗެއް މަދަހައަކީ. ދެން އަގައިން ރާގު ލެއްވިއަސް އޭގައި މައްސަލައެއް ނެތް. ނަމަވެސް އެކަންވެސް އޮންނާންވާނީ ވަހި ހައްދެއްގެ ތެރޭގައި" ޝައިހް ޒައިދު ވިދާޅުވިއެވެ.

މިޔުޒިކް ހިމަނައިގެން މަދަހަތައް ހަދައި، އެ މަދަހަތައް ބްރޮޑްކާސްޓް ކުރުމަކީ ރާއްޖޭގައި މިހާރު ވަރަށް އާއްމު ކަމެކެވެ. މިޔުޒިކަކީ މާތްވެގެންވާ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެކެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުން މަގުފުރެދުމަށް މަގުފަހިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު