ސިޙްރުލް ޖުނޫން, (މީހުން މޮޔަކޮށްލާ ސިހުރު)ގެ އަލާމާތްތަކާއި، އޭގެ ފަރުވާ

ޢަލީ ޔާމީން

ސިޙްރުލް ޖުނޫން ނުވަތަ މޮޔަކުރުވާ ސިޙުރަކީ މީހާގެ ހޭބުއްދި ފިލުވާލާ، މީހާ މޮޔަ މީހަކަށް ހަދާލާ ސިހުރެވެ. ސިހުރުލް ޖުނޫން ޖެހުމުން އެމީހެއްގެ ހަމަބުއްދި ފިލާގޮސް މޮޔަ އެއްޗިހި ކިޔާ، އެހެން މީހުންނަށް ފުރައްސާރަކޮށް، ދެތިން މީހަކުވެގެން މެނުވީ އެފަދަ މީހަކު ހިފަހަށްޓައިނުލެވޭ ދަރަޖައަށް ދެއެވެ. މިހެންވާން ޖެހޭ މައިގަނޑު ސަބަބަކީ އަބަދުހެން ޝައިޠާނާ އެމީހެއްގެ ހަށިގަނޑުގައި ހުރެ މޮޔަކުރުވުމަށް މަސައްކަތް ކުރާތީ އާއި، ސިކުނޑިއަށް އެކި ކަހަލަ ވަސްވާސްތައް އަބަދު ވެއްދުމުންނެވެ.

ސިޙްރުލް ޖުނޫން އަކީ ރާއްޖޭގައިވެސް ވަރަށް އާއްމު ސިހުރެކެވެ. އެ ސިހުރު ޖެހިފައިވާ މީހުން އެތަކެއް ތަކުލީފެއް އުފުލަން ޖެހޭއިރު ބައެއް ފަހަރު އެފަދަ ސިހުރުތަކުން އަރައިގަތުމަށް ގިނަ އަހަރުތަކެއް ހޭދަވެއެވެ.

ސިޙްރުލް ޖުނޫން ޢަލާމާތްތައް

  • އަވަސް އަވަހަށް ކަންކަން ހަނދާން ނެތުމާއި ގަބުވާ ގޮތްވުން.
  • ގިނަގިނައިން ހަމަނުޖެހޭ ވާހަކަ ދެއްކުން.
  • ޤަވާޢިދުން ކުރަންޖެހޭ ކަންކަން ޤަވާޢިދުން ނުކުރެވުން.
  • އެކަނި ހުރުމަށް ލޯބިކުރުން
  • ސާފުތާހިރުނުވެ ހަޑިމުޑުދާރުކޮށް ހުރުން
  • ހަޑި ތަންތަނުގާ ނިދުމާއި ނަޖިހުން ޠާހިރުނުވުން. 
  • އަޅުކަންކަމާއި ދުރުވުން

ސިޙްރުލް ޖުނޫންގެ ފަރުވާ

ސިޙްރުލް ޖުނޫންއަށް ފަރުވާ ކުރެވޭނީ އެކަމަށް ހާއްސަ ރުޤްޔާގެ އާޔަތްތައް ކިޔަވައިގެންނެވެ. އަދި އެއަށްފަހު އަޅުކަންކަމުގައި ގިނަ ވަގުތު ހޭދަކޮށް، ﷲއަށް ތައުފީޤު ދެއްވުން އެދި ގިނަގިނައިން ދުޢާކޮށްގެންނެވެ.


މަސްދަރު: ރުޤްުޔާ ޑޮޓް ކޮމް

ކިޔުންތެރިންގެ ހިޔާލު
މާރު
މޮޔަވެދާނެ