ޑިމޮކްރަސީގެ ނަމުގައި އިސްލާމްދީނުގެ ދަންމަރު ފަނޑުކޮށްލަން އުޅުނަަސް އެކަމެއް ނުވާނެ: ޝައިހް އިލްޔާސް

ޢަލީ ޔާމީން
ފޮޓޯ: ރާއްޖެ އެމްވީ ފޮޓޯ: ރާއްޖެ އެމްވީ

ޑިމޮކްރަސީގެ ނަމުގައި މާތްވެގެންވާ އިސްލާމްދީނުގެ ދަންމަރު ފަނޑުކޮށްލަން އުޅުނަސް އެކަމެއް ނުކުރެވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރި އައްޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެެއެވެ.

އިލްޔާސް މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އިލްޔާސް ވިދާޅުވީ، މުސްލިމުންގެ ހަތިޔާރަކީ އިސްލާމްދީން ކަމަށާއި، ޑިމޮކްރެސީގެ ނަމުގައި އިސްލާމް ދީނުގެ ދަންމަރު ފަނޑުކޮށްލަން އުޅުނަސް އެކަމެއް ނުކުރެވޭނެކަމަށެވެ. ޝައިހް އިލްޔާސް ވަނީ މާޒީން އިބުރަތް ލިބިގަތުމަށް ވެސް ނަސޭހަތްތެރިވެފައެވެ.

ޝައިހް އިލްޔާސްގެ ޓްވީޓްގައި "އަލް ޞަފް" ސޫރަތުގެ އާޔަތަކާއި އެއާޔަތުގެ މާނަ ވެސް ހިމަނުއްވާފައިވެއެވެ.

އެއާޔަތުގެ މާނައިގައި ވަނީ:

"އެއުރެން އެދެނީ، اللَّه ގެ نور ފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، كافر ން ކިތަންމެ ނުރުހުނަސް، اللَّه، އެކަލާނގެ نور ފުޅު ފުރިހަމަކުރައްވާ ހުއްޓެވެ."

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓުވޯކް (އެމްޑީއެން) ގެ ރިޕޯޓެއްގައި ހުރި އިސްލާމްދީނާއި ދުރު ވާހަކަތަކަކާއި ގުޅިގެން ވަރަށް ގިނަ ދީނީ އިލްމުވެރިން އަންނަނީ އެކަން ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ބައެއް އިލްމުވެރިން ވަނީ އެމްޑީއެންއަކީ ނިރުބަރި ޖަމާއަތެއްގެ ގޮތަށްވެސް ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު