ހުތުބާ ކިޔާ ގަޑީ ޤުރުޢާން ކިޔެވުމަކީ ސުންނަތާ ހިލާފުކަމެއް - ޝައިހް ޒައިދު

އަލީ އިބްރާހިމް
Flowers ޝައިހް އަލީ ޒައިދު

ހުކުރު ހުތުބާ ކިޔާ ގަޑީގައި ޤުރުއާން ކިޔެވުމަކީ ރަސޫލާ صلى الله عليه وسلمގެ ސުންނަތާއި ހިލާފުކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިއަދު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުތުބާ ކިޔާ ގަޑީގައިވެސް ބައެއް މީހުން ފޯނުން ޤުރުއާން ކިޔަވާތަން ފެންނަ ކަމަށާއި އެއީ ގޯހެއް ކަމަށެވެ. އަދި ހުތުބާ ކިޔާ ޤަޑީގައި ޖެހޭނީ އެއަށް ކަނުލާ އަޑުއަހަން ކަމަށްވެސް ޝައިހް ޒައިދު ވިދާޅުވެފައިވެއެވެ.

"ހުތުބާ ކިޔާ ގަޑީގައި ޖެހޭނީ ކަނުލާ އަޑުއަހާށެވެ" ޝައިހް ޒައިދުގެ ޕޯސްޓްގައިވެއެވެ.

ޝައިހް ޒައިދު ވިދާޅުވީ ހުތުބާ ކިޔަމުންދާ ގަޑީގައި ހުތުބާ ކަނުލާ އަޑުއެހުމަކީ ވާޖިބެއް ކަމަށެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު ބައެއް ފަރާތްތަކުގެ ކިބައިން  ހުކުރު ހުތުބާ ކިޔަމުންދާ ގަޑީގައި ސަކަރާތް ޖެހުމާއި ވާހަކަ ދެއްކުން ފަދަ ކަންކަން ވެސް ވަރަށް ގިނައިން ފެނެއެވެ. 

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު