ޖަޒީމާ ހިންގާއިރު ހައްޕުކިޔައިގެން ޑރ.އިޔާޒް ނުހުންނަވާނެ: ޝައިހް ޒައިދު

ފާތިމަތު ފަޔާޟާ
ޑރ މުޙައްމަދު އިޔާޒް ޑރ މުޙައްމަދު އިޔާޒް

ޑރ. މުޙައްމަދު އިޔާޒް ކުރައްވަނީ ޙައްޤު މަސައްކަތެއް ކަމަށާއި އެ މަނިކުފާނު ދެކެ މީހަކު ކިތައްމެ ރުޅި އަޔަކަސް، އެ މަނިކުފާނު ބިރެއް ނުގަންނާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުހުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ޝެއިޚް ޒައިދު ވިދާޅުވީ ޑރ. އިޔާޒް ކުރައްވަނީ ހައްޤު މަސައްކަތެއް ކަމަށެވެ.

"އިއްޒަތްތެރި ޑރ.އިޔާޒް ކުރައްވަނީ ޙައްޤު މަސައްކަތެއް! އެމަނިކުފާނު ދެކެ މީހަކު ކިތައްމެ ރުޅިއަޔަސް، އެމަނިކުފާނު ބިރެއް ނުގަންނާނެ! ވީމާ ބިރު ދައްކަން ނޫޅުއްވާ! ޖަރީމާ ހިންގާއިރު ހައްޕު ކިޔައިގެން ޑރ.އިޔާޒް ނުހުންނަވާނެ އިންޝާ ﷲ! އިސްލާމް ދީން އުނގެނި ޢަމަލް ކުރަންޖެހޭ އެންމެން ވެސް!"

ޝެއިހް މިހެން ވިދާޅުވެފައި މިވަނީ ލ. ގަމު އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މި ތަނުގައި އައިސް އަޅުގަނޑަށް އިސްލާމްދީނަށް އެހެން މީހަކު އަނެއްކާ އަލުން އަނބުރާ ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖަމިއްޔަތުއް ސަލަފް އުވާލުމަށް ރައީސް ނަޝީދު މަސަތްކަތް ކުރައްވަން ފެއްޓެވި ހިސާބުން ޑރ. އިޔާޒްގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް އެމަނިކުފާނަށް ރައްދުކުރައްވަމުންނެވެ. އެގޮތުން ވެރިކަން ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރެއްވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ޑރ އިޔާޒް  ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު