އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ޖާބިރު ފުރާވަޑައިގެންފި

ޢަލީ ޔާމީން

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ފުރައިވަޑައިގެންފިއެވެ.

ޖާބިރު އުމްރާއަށް ފުރައިވަޑައިގެންނެވިކަން ކަށަވަރުކޮށްދެއްވީ އަނބިކަނބަލުން ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާބިރުގެ އުމްރާއަކީ ﷲ ގެ ހަޟުރަތުގައި ގަބޫލު ކުރެއްވިގެންވާ އުމްރާއަކަށް ވުމަށް އެދި ދުޢާ ކުރައްވާ ކަމަށާއި، ޖާބިރުގެ ދުޢާ އިޖާބަކުރައްވާ، ފާހަގަތިކަމާއި އުފާވެރިކަން ޖާބިރަށް މިންވަރު ކުރެއްވުން އެދި ދިޔާނާ ދުޢާ ކުރާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު އުމުރާއަށް ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައެވެ.

އަބްދުﷲ ޖާބިރު ފާހަގަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި އެއް މެމްބަރަށެވެ. އަދި ސަރުކާރު ޖަވާބުދާރީކޮށް، އިޖުތިމާއީ ބޮޑެތި މައްސަލަތައް މަޖިލީހަށް އެންމެ ގިނައިން ވައްދާ މެމްބަރަކީވެސް ޖާބިރެވެ.

ކިޔުންތެރިންގެ ހިޔާލު