އަވައްޓެރިންނަށް ހެޔޮކޮށްހިތުން (އެއްވަނަ ބައި)

އައިޝަތު ނިއުޝާ

ނެތުމުގެ ތެރެއިން އިންސާނާ އުފެއްދެވި، ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވާފައިވަނީ، އެކަކު އަނެކެއްގެ ބޭނުންތައް ފުއްދައިދިނުމުގައި، އެކަކު އަނެކެއްގެ އެހީތެރިކަން ނުހަނު ބޭނުންވާނޭ އުސޫލުންނެވެ. އެހެން ކަމުން ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ކަންތައްތައް ހައްލު ކުރުމުގައި އިންސާނާ ވަނީ އެހެން މީހުންގެ އެހީތެރިކަމާ މަދަދަށް ބޭނުންވެފައެވެ. އެގޮތުން ތިމާއާ އެންމެ ކައިރި ގެތަކުގައި ދިރިއުޅޭ އަވައްޓެރިންނަކީ މިކަންތައްތަކުގައި އެންމެ ބޮޑު އަސަރު ފޯރުވާ އެއްބައެވެ. އެހެން ކަމުން އަވައްޓެރިންނަށް ކަމޭހިތުމަށް ކީރިތި ޤުރުޢާނުގައްޔާއި އަދި އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

﴿ وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالاً فَخُوراً ﴾ (سورة النساء ٣٦)

މާނައީ: "ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، މުދާހުސްވެ ޙާލުގައިޖެހިފައިވާ ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." (سورة النساء ٣٦)

މިއާޔަތަކީ މާތް ﷲ އަށް އަޅުކަން ކުރުމަށް ގޮވާލައި، އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވާ އާޔަތެކެވެ. މިކަންތައްތަކުގެ ފަހަތަށް އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތުމަށް އަންގަވާފައި ވުމުން އަވަށްޓެރިންނަށް ކަމޭހިތުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވާފައިވާ މިންވަރު ހާމަވެގެން ދެއެވެ.

އަވަށްޓެރިންނަކީ ތިމާ ދިރިއުޅޭ
ގޭގެ ވަށައިގެން އުޅޭ ގެތަކުގައި ދިރިއުޅޭ މީހުންނެވެ. އެއީ މުސްލިމުންނާއި ޣައިރު
މުސްލިމުންނާއި ތިމާގެ މީހުންނާއި އެނޫން މީހުންނެވެ. އަވަށްޓެރިން ދެކެ
ލޯބިވުމަކީ ރަނގަޅު ކަމެކެވެ. ބާއްވާލެއްވުނު ހުރިހާ ދީނެއްގައާއި، ހުރިހާ
މަޒްހަބެއްގައާއި، އަދި ހަމަ އެހެންމެ މުސްލިމުންނާ ދެކޮޅަށް އުޅެމުން ގެންދާ
މުޝްރިކުން އަމިއްލައަށް އުފައްދައިގެން އުޅޭ ދީންތަކުގައިވެސް، އަވައްޓެރިންނަށް
ރަނގަޅަށް ކަންތައް ކުރުމަކީ
ރިވެތި އަޚްލާޤް ކަމުގައި ބެލެވެ އެވެ.

އައްނިސާ ސޫރަތުގައިވާ މިއާޔަތުން، އަވަށްޓެރިންވެސް ބައިބަޔަށް ބެހިގެންދާކަން ހާމަވެއެވެ.

﴿ وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئاً وَبِالْوَالِدَيْنِ إِحْسَاناً وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالاً فَخُوراً ﴾ (سورة النساء ٣٦)

މާނައީ: "ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، މުދާހުސްވެ ޙާލުގައިޖެހިފައިވާ ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." (سورة النساء ٣٦)

އިމާމް އަލް ޤުރްޠުބީ (رحمه الله) ވިދާޅުވިއެވެ: އަވަށްޓެރިންނާއި ބެހޭގޮތުން އެކަލާނގެ ފޮތުގައި އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ ޛަރީޢާއިން ﷲ ތަޢާލާ އަމުރު ކުރައްވާފައިވަނީ އޭނާ ރައްކާތެރިކޮށްދީ، އޭނާގެ ޙައްޤުތަކަށް އިޚްތިރާމްކޮށް އަދި އޭނާގެ މަސްލަހަތު ހުރި ކަންކަމުގައި އަޅާލުމަށެވެ. އަވަށްޓެރިންގެ ވާހަކަ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ވާހަކައަށްފަހު ގެންނަވާފައިވާތަން ތިބާ ނުދެކެން ހެއްޔެވެ؟ ‘ގާތް އަވަށްޓެރިޔާ’އޭ އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ ތިބާގެ ގާތްތިމާގެ މީހުންނެވެ. އަދި ‘ދުރު އަވަށްޓެރިޔާ’އޭ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ ތިބާއާއި ޢާއިލީ ގުޅުމެއް ނެތް މީހުންނެވެ. މިއީ އިބްނު ޢައްބާސް رضي الله عنهما ގެ ބަސްފުޅެވެ.

އަލް ޤުރްޠުބީ (رحمه الله) ވިދާޅުވިއެވެ: މިގޮތުން ބަލާއިރު އަވަށްޓެރިންނަށް އަޅާލުމަކީ ދީނީ ކަމެކެވެ. އެއީ އެމީހުންނަކީ މުސްލިމުންކަމުގައިވިޔަސް ނުވަތަ ކާފަރުން ކަމުގައިވިޔަސްމެއެވެ. އަދި ރަނގަޅު ރައުޔަކީ މިއީއެވެ. އިޙްސާންތެރިވުމުގެ މާނައަކީ ހަމައެކަނި އޭނާ ހިތްހަމަޖައްސުވައިދީ، އޭނާއަށް ހެޔޮކޮށްހިތާ، އޭނާއަށް އުނދަގޫ ކުރުމުން ދުރުހެލިވެ އަދި އޭނާއަށް ރައްކާތެރިކަންދިނުމެވެ.”

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު