ރަައީސް ނަޝީދުގެ ފަތަށް ލުއިވާނެ ގޮތަށް އުޅުއްވުމަށް ޑރ.އިޔާޒް ގޮވާލައްވައިފި

އައިމިނަތު ޔުމްނާ
ރައީސް ނަަޝީދް އަދި ޑރ. އިޔާޒް ރައީސް ނަަޝީދް އަދި ޑރ. އިޔާޒް

ރައްޔިތުން މަޖިލިސްގެ ރައީސް ، ރައީސް ނަޝީިދުގެ ފަތަށް ލުއިވާނެ ގޮތަށް އުޅުއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕް ރާއްޖެ އައުމަށް ނުފެންނަކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓް އަކަށް ޖަވާބު ދެއްވަމުންނެވެ. 


ޑރ.އިޔާޒް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާއި އެނޫން ބޭފުޅުން ވަކިކުރައްވަން އެނގިވަޑައިގަންނަވާވަރަށްވުރެއް ރައީސް ނަޝީދުގެ ލާދީނީކަން ބޮޑުކަމަށާއި ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުއްނެވޭތޯ ބެއްލެވުމުމަށާއި، ރައީސް ނަޝީދުގެ ފަތަށް ވެސް ލުއިވާނީ އެގޮތްކަމުގައެވެ.

ޔޫތު މިނސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ އައުމަށް ދިން ދައުވަތު ޑރ.ފިލިޕް ގަބޫލު ކުރައްވާފައިވާކަމަށެވެ . އޭނާއަށް، ދައުވަތު ދިނީ ޒުވާނުންނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދިނުމަށްކަމަށެވެ. 

ޑރ ބިލާލް ފިލިޕް ރާއްޖެ ގެނައުމަށް ނުފެންނަކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސް ގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ ނުރުހުން ފާޅުކުރައްވާ ޓްވީޓް ކުރައްވާފައެވެ. 

މިފިއްތުންތަކާއި އެކު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާ ހެދި، ކަމާއި ގުޅުން ހުރި ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށްޓަކައި ބިލާލްގެ އިވެންޓު މަޑުޖައްސާލާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު