ﷲގެ މަގަށް އިޢާދަވަމާާ!

މަރިޔަމް ނަދާ

އަހަރެމެން އިންސާނުންނަކީ ހެޔޮ ޢަމަލުކޮށް ސުވަރުގެ ހޯދުމަށް މަސައްކަތް ކުރުމަށްޓަައި މި ދުނިޔެއަށް ﷲ ފޮނުއްވާފައިވާ އަޅުންތަކެކެވެ. މި ދުނިޔެ މަަތީގައި އަހަރެމެންނަށް ކުރިމަތިވާ ކޮންމެ މުޞީބާތަކީވެސް އެ އިލާޙް އަޅަމެން އިމްތިޙާނު ކުރުމަށްޓަކައި ކުރިމަތި ކުރުވާ ކަންތަކެވެ. އެ އިލާހުގެ މަގަށް އަޅަމެން ރުޖޫޢަވުމަށް ދެވޭ އިންޒާރެއްގެ ގޮތުގައެވެ. 

ރަސޫލު ޒަމާނުގައި މިފަދަ މުޞީބާތްތަކާ ކުރިމަތިލާންޖެހުނު ކޮންމެ ޙާލަތެއްގައި މީސްތަކުން ފާފަކުރުމާ ދުރުވެ ﷲ މަގަށް ރުޖޫޢަވެ ހެޔޮޢަމަލުކުރުން ގިނަކޮށް ފާފަކުރުމާ އަނިޔާ ވެރިވުމާ ނުބައިޢަލުތައް ކުރުމުން ދުރުވެގަނެއެވެ. 

ނަމަވެސް މިހާރު މި މުޖްތަމަޢިން މި ފެންނަނީ މިކަންތައް ތޯއެވެ. ވިޔަފާރިވެރިން މުދަލުުގެ އަގު އިންތިހާއަށް ބޮޑުކޮށް ރައްޔިތުންނަށް އެ މުދާ ލިބުމަށް ދަތިކުރެއެވެ. އެއްބައިވަންތަކަމާއި އަޚްވަންތަކަން ނެތިގޮސް ގަނޑުކޮށް މުދާގަނެ ގުދަންކުރުމުގައި އަތްމަތި ތަނަވަސް ފޯރާމީހުން އުޅޭއިރު އަތްމަތި ދަތި ނިކަމެތިންގެ ޙާލަތަށް އެބައިމީހުނަށް ވާނެގޮތަކާމެދު ވިސްނާލީ ކިތައް މީހުންތޯއެވެ. 

އަޅަމެންނީ އަމިއްލަޔަށް މިދުނިޔެއަށް އައިސްގެން ބަަޔަކީމުއެއްނޫނެއެވެ. އަޅަމެން މި ދުނިޔެއަށް ފޮނުއްވީ  ހުރިހާކަމަށް ކުޅަދުންވަންތަ ﷲ އެވެ. އަޅަމެންނަށް މުޞީބާތްތައް ކުރިމަތި ކުރުވަނީވެސް އަދި އެ މުޞީބާތުން އަޅަމެން ރައްކައުތެރިކުރައްވާނީވެސް އެކަލާނގެއެވެ. އަޅަމެންނަށް ރިޒުޤުދެއްވަނީވެސް އަދި އެ ރިޒުޤު ބަންދުކުރައްވަނީވެސް ހަމަ އެކަލާންގެއެވެ. 

ވީމާ ގަދަކަން ދައްކައިގެން އަޅަމެންނަށް ވާންއޮތީ ކޮންމޮޅެއްތޯއެވެ. އަޅަމެންނަށް އޮތީ މާތް ﷲ ދީނަށް ރުޖޫޢަވުމެވެ.  ހެޔޮޢަމަލުތައް ގިނަކޮށް، ޢާއިލާއާއި އެކުވެރިންނަށް ހެޔޮޢަމަލުތަައް ކުރމަށް ހިތްވަރުދިނުމެވެ. މި ނުރައްކާތެރިކަމުން އަޅަމެން ސަލާމާތް ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ އެންމެހާ ބަލިތަކަށް ޝިފާދެއްވާ ގަދަކީރިތިވަންތަ މާތް ﷲއެވެ. ޔާ ﷲ އަޅަމެން މި މުޞީބާތުން ސަލާމަތް ކުރައްވާ ރައްކައުތެރިކުރައްވާންދޭވެ. 

‏اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِއޭ ﷲ ! ބަރަޞް ބަލިންނާއި، ބުއްދިފިލައި ދިއުމުންނާއި، ޖުޒާމު ބަލިންނާއި، ނުބައިވެގެންވީ ބަލިތަކުން، އިބަރަސްކަލާނގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ!


ކިޔުންތެރިންގެ ހިޔާލު