މި އަހަރުގައި ދަތުރުކުރާ ފަރާތްތަކުން އިސްކަން ދޭންވީ 3 ކަމެއް

މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރަކީ ގިނަ ބަޔަކު ގޭގައިހޭދަކުރި އަހަރެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅުތަކުގެ ތެރެއިން ފުރަބަންދު ކުރުމާއި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރު ކުރުން މަނާ ކުރުންވެގެން ދިޔައީ ދަތުރުފަތުރު ކުރުމަށް ލޯބިކުރާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ. 

ކުރިޔާ އަޅާ ބަލާއިރު މިހާރު ކޮވިޑް-19 ގެ ފެތުރުން ދަށްވުމުން ގިނަ ޤައުމުތައްވަނީ އެ ޤައުމުތަކަށް ދަތުރުކުރުމުގެ މަގު ހުޅުވާލާފައެވެ. މި ވަގުތަކީ ދަތުރު ފަތުރު ކުރުމަށް ކެތްމަދު ވެފައި ތިބި މީހުންނަށް ދަތުރުކުރުމުގެ މަގު ތަނަވަސްވެ އޭގެ ބޭނުން ހަޔާތުގައި އެންމެ ހެޔޮގޮތުގައި ހިފިދާނެ އެއް ވަގުތެވެ.

ދަތުރު ފަތުރު ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ އަޒުމެއް ކަނޑައަޅައިގެން ދަތުރަށް ތައްޔާރުވުމެވެ. ކޮންމެ މީހަކަށްވެސް މަންޒިލަކާއި ބަލާލަން ބޭނުންވާ ތަންތަނާއި ބޭހޭގޮތުން މައުލޫމާތު ހޯދައިގެން ދަތުރު ރާވާލެވިދާނެއެވެ. ނަމަވެސް އެއައް ވުރެންވެސް މުހިއްމު ކަމަކީ ތިމާ ބޭނުންވާ ކަމެއް ކުރާއިރުގައިވެސް އޭގެއިން ތިމާގެ މުޖުތަމައަށާއި އުޅޭ ވެއްޓައްފައިދާވާނެގޮތައް އަމަލުތައް ބެހެއްޓުމެވެ.

ފައިސާ ހަރަދު ކުރާއިރު އެ ފައިސާ ހަރަދު ކުރެވެނީ ކޮންތާކަށްކަމާއި އެއިން އެހެންމީހުންނަށް ފައިދާވަނިވި ގޮތަކަށް ހަރަދުކުރެވޭތޯ ބަލަންވާނެއެވެ. މިސާލަކަށް ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާ އެއްކުރުމުގެ ގޮތުން ހިންގާ ތަންތަނުން ވިޔަފާރިކުރެވިދާނެއެވެ. ދަތުރުވެރިއެއްގެ ނަޒަރުން ބަލާއިރު ޒިޔާރަތްކުރާ ތަންތާގައި ކުނި އުކާފައި ހުރުމަކީ އެތަނާ މެދު ފޫހިވެ އެތަނުގެ ރީތިކަމަށް ސުވާލު އުފެދޭ ކަމެކެވެ. އެންމެ ގިނައިން ފެންނަ ޕްލާސްޓިކް ކުންޏަކީ ގިނަ އަހަރުތަކެއް ވަންދެން ހަލާކުނުވެ އަދި މޫދުގައިވާދިރުންތަކަށް ނުރައްކަލެއް ކަމުގައި ވުމުން ޕްލާސްޓިކް ބޭނުންކުރުން މަދުކުރަންޖެއެހެވެ.

ދަތުރުވެރިއެއްގެ ހައިސިއްޔަތުން ތަންތަނަށް ކުރާ ދިގު ދަތުރުތަކުގައި ބޭނުންކުރާ ފެންފުޅި އެއްފަހަރު ބޭނުންކޮށްފައި އެއްލާލުމުގެ ބަދަލުގައި އެއް ފަހަރަށް ވުރެންގިނަފަހަރު އާދަކުރެވިދާނެއެވެ. އެއްފަހަރާ ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށާއި ދަތުރުކުރާއިރު ޕްލާސްޓިކް ބޭނުންކުރުން މަދު މަންޒިލެއް އިޙްތިޔާރު ކުރެވިދާނެއެވެ.

އިޤްތިޞާދީތައް ހީނަރުވެފައިވާ މިދުވަސްކޮޅަކީ ލޯކަލް ވިޔަފާރިތަކަށް އަހަރުމެންގެ އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ ދުވަސްކޮޅެވެ. އާންމުކޮށް މީހުން ގިނައިން ވިޔަފާރި ކުރާ ފިހާރަތަކުގެ ބަދަލުގައި ކުދި ފިހާރަތަކުން ވިޔަފާރި ކުރުމަށްއާދަކުރާށެވެ. ރާއްޖެ އަށް އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބަދަލުގައި ދިވެހިން ހައްދާ މޭވާއާއި ތަރުކާރީ ގަތުމަށް އިޙްތިޔާރުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު