ޖަޒީރާ ބަދިގެ: ޗީޒް ކޭކް

ޢަލީ ޔާމީން

ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި

  • 1/2 ޕެކެޓު މާރީ ބިސްކޯދު
  • 200ގ އަންސޯލްޓެޑް ބަޓަރ
  • 50ގ ގެލަޓިން
  • 250ގ ކްރީމް ޗީޒް
  • 500ގ އައިސިންގ ސުގަރ
  • 10 ބިހުގެ ގޮބޮޅި
  • 600 އެމްއެލް ވިޕިންގ ކްރީމް
  • 10 ސްޓްރޯބެރީ
  • 200ގ ހަކުރު

ތައްޔާރުކުރާނެގޮތް

ފުރަތަމަ މާރީ ބިސްކޯދު ރަނގަޅަށް ފުޑުކޮށްލާށެވެ. ދެން ބަޓަރު އަޅާ ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ޓްރޭގައި ފަތުރާލާށެވެ. އަދި ބާރައް އޮއްބާލާށެވެ. އެއަށް ފަހު އިރުކޮޅެއްވަންދެން ފްރިޖުގައި ބަހަށްޓާށެވެ. ދެން ގެލަޓިން ކޮޅު ހޫނުފެނަށް އަޅާ ގިރާލާށެވެ. (ހަތަރު ބައިކުޅަ އެއްބައި ހުންނަ ވަރުގެ ހޫނުފެން ތައްޓެއް). އޭގެ ފަހުގައި ހަކުރާއި ޗީޒް ކްރީމް ތައްޓަކަށް އަޅައި ހޭންޑް މިކްސްޗަރ އިން މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ވުމުން ފަހަރަކު ބިހުގެ ގޮބޮޅިއެއް އަޅަމުން މިކްސްކޮށްލާށެވެ. އެއަށްފަހު ވިޕް ކްރީމް އެެހެން ތައްޓަކަށް އަޅައި ރަނގަޅަށް ވިޕްކޮށްލާށެވެ. ރަނގަޅަށް ވިޕްވުމުން ކުރިން ގިރި ކްރީމްގަނޑަށް އަޅާފައި ރަނގަޅަށް ފޯލްޑް ކޮށްލާށެވެ.( މަޑުމަޑުން ދޭފަތުން ހަލުވާލާށެވެ). ރަނގަަޅަށް ފޯލްޑް ކުރުމަށް ފަހު ގިރާފައި ހުރި ޖެލަޓިންކޮޅު އަޅަމުން މަޑުމަޑުން އެއްކޮށްލާށެވެ. ރަނގަޅަށް ޖެލަޓިންކޮޅު އެއްކުރުމަށް ފަހު އައިސް އަލަމާރިއަށްލީ ބިސްކޯދުކޮޅުގެ މައްޗަށް އަޅާށެވެ. ދެން އިރުކޮޅަކަށް ފްރިޖުގައި ބަހަށްޓާށެވެ. އޭގެ ފަހުގައި ސްޓްރޯބެރީއާއި ހަކުރު މިކްޗަރ އިން ރަނގަޅަށް ގިރާށެވެ.( މާހިކި ނުކޮށް ނުޑަކޮށް ފެން އަޅަމުން). ދެން ފްރިޖުގައި ހުރި ކްރީމް ނެގުމަށް ފަހު ސްޓްރޯބެރީ ކްރީމް ރަނގަޅަށް ޗީސްކޮޅު މައްޗަށް އަޅާ ފަތުރާލާށެވެ. އެއަށް ފަހު ފްރެޝް ސްޓްރޯބެރީ ރީތި ގޮތަކަށް އަތުރާލާށެވެ. އޭރުން އެހުރީ ޗީޒް ކޭކު ތައްޔާރުވެފައެވެ. ޗީޒް ކޭކު ފްރިޖުގައި މަދުވެގެން ހަ ގަޑިއިރު ބަހަށްޓަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު