ބަގޭޖް ފީ އިން ސަލާމަތްވުމަަށް މަތިމަތިން 15 ޓީޝާޓު ލައިފި

ޢަލީ ޔާމީން

ބަގޭޖް ފީ އިން ސަލާމަތްވުމަށް ފްރާންސްގެ ރައްޔިތަކު މަތިމަތިން 15 ޓީޝާޓު ލައިފިއެވެ.

ޖޯން އިރްވިން ނަމަކަށް ކިޔާ މި މީހާ މަތިމަތިން 15 ޓީޝާޓު ލައިފައިވަނީ ފްރާންސްގެ ނައިސް އެއަރޕޯޓަށް ފުރަން ދިޔުމުން އޭނާގެ ދަބަސް މާ ބަރުކަމަށް އެއަރޕޯޓުގެ އޮފިޝަލުން ބުނުމުންނެވެ. އަދި ދަބަސް ފްލައިޓަށް އެރުވޭނީ އިތުރަށް ފައިސާ ދައްކައިގެން ކަމަށް ވުމުން ޖޯން ނިންމީ ދަބަހުން 15 ޓީޝާޓާއި، ޖިންސެއް ނަގައިގެން އެ ލައިގެން ދަބަހުގެ ބަރުދަން ލުއިކުރުމަށެވެ.

ޖޯން މިފަދައިން ކަންތައްކުރާ ވީޑިއޯއެއް ޓްވިޓަގައި ވަނީ ވައިރަލްވެފައެވެ. އަދި އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަންވެސް ލިބުނެވެ.

މަތިމައްޗަށް 15 ޓީޝާޓު ލައިގެން ޖޯން ވަނީ 65 ޕައުންޑުގެ ބަގޭޖް ފީއިން ސަލާމަތްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު