ޒޭން މަލިކް އާއި ޖީޖީ ހަދިދް އަނެއްކާވެސް ރުޅިވެއްޖެ

ޝަރޫނާ އަބްދުﷲ

މަޝްހޫރު ލަވަ ކިއުންތެރިޔާ ޒޭން މަލިކް އަދި ފެޝަން މޮޑެލް ޖީޖީ ހަދިދް ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު ރުޅިވެއްޖެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރަކު އެ ދެ މީހުން ވަނީ ރުޅިވުމަށްފަހު ވެސް އަލުން ރައްޓެހިވެފަ އެވެ. ދެމީހުން އެކުގައި ފެނުމަށް އެދޭ ސަޕޯޓަރުން ބުނާގޮތުގައި އަދިވެސް އެދެމީހުން ގުޅޭނެއެވެ.

އަޑު ފެތުރިފައިވާ ގޮތުގައި ދެމީހުންގެ ގުޅުމަށް ޖީޖީ ދޭ ވަރަށް ޒޭން އަށް ސަމާލު ކަމެއް ނުދެވެއެވެ. އަދި މީގެ ކުރިން އެ ދެމީހުން ވަކިވި ފަހަރެއްގައި ޖީޖީ އާއި އޭނާގެ ބައެއް އެކުވެރިންނާއި ދޭތެރޭ ހަމަނުޖެހުންތަކެއް އުފެދިގެން ދިޔައެވެ.

މި ދެ ތަރިން ވަކިވި ކަމުގެ ވާހަކަ ކުރިން ދެކެވިފައި އޮތް އިރު، އޭރު ދެ ތަރިން ތިބީ ކުޑަ "ބްރޭކް" އެއް ގައެވެ. ބޮޑަށް ބެލެވޭ ގޮތުގައި މި ދެ ތަރިން ވަކިވާން ޖެހުނު ސަބަބަކީ އެކަކު އަނެކަކަށް ވަގުތު ދިނުން ކުޑަވުމުންނެވެ. ޒޭން އޭނާގެ އަލްބަމްތައް ނެރުމުގައި މަސްއޫލު ވެ އުޅޭއިރު ޖީޖީ ވެސް އޭނާގެ މޮޑެލިންގް ގެ މަސއްކަތައިގެން އުޅެނީ ވަރަށް ބުރަކޮށް ކަމަށް ވެއެވެ.

ދެތަރިން އާއަހަރު ފާހަގަ ކުރީވެސް ވަކިންނެވެ. ޖީޖީ އޭނާގެ ރައްޓެހިންނާއެކު ކޮސްޓިއުމް ޕާޓީއެއް ބޭއްވި އިރު އޭނާ ހުރީ ޑިޒްނީގެ އުފެއްދުމެއް ކަމަށްވާ "މެރީ ޕޮޕިންސް" ފިލްމްގެ ބަތަލާ އަށް ވެގެންނެވެ. މިއާ ހިލާފަށް އާ އަހަރު ފާހަގަ ކުރުމަށް ޒޭން އެއްވެސް ކަމެއް ކުރި ތަނެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައެއް ނެތެވެ. ނަމަވެސް އޭނާ ވަނީ އިންސްޓަގްރާމްގައި ސެލްފީއެއް ޕޯސްޓް ކޮށްފައެވެ.

ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ އެ ދެ ތަރިންގެ "ބްރޭކް އަޕްތައް" ގިނަވާން ފެށިފަހުން ޒޭން އިންސްޓަގްރާމްއިން ޖީޖީ ފޮލޯއެއް ނުކުރެއެވެ. އަދި އޭނާގެ ފޮޓޯއެއްވެސް ހިއްސާ ނުކުރެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޖީޖީގެ ސަޕޯޓަރުން ވަނީ އެތައް ފަހަރަކު ޒޭން އާއި މެދު ނުރުހުން ފާޅު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު