މައްސަރު ދުވަސްވަރުވާ ތަދުން ސަލާމަތްވުމަށް މާމުއި ސައި!

ހުސައިން ނަޒީފް

މާމުއި ސަޔަކީ ކެއްސުމާއި ރޯނގާފަދަ ސިއްޙީ މައްސަލަތަކަށް އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ، މީރު ބުއިމެކެވެ.

މާމުއި ސައި ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 1 ޖޯޑު ފެން

- ފޮނިތޮށި

- މާމުއި

- އިނގުރު

- ލުނބޯ

ތައްޔާރުކުރާނެ ގޮތް:

ފެން ކައްކަން އުދާފައި، ކެކެން ފެށީމައި އޭގެ ތެރެއަށް އިނގުރު ގޭނުމަށްފަހު އަޅާފައި، 3 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު މީރު ވަރަކަށް މާމުއި އާއި ލުނބޯ އެޅުމަށްފަހު ގިރާލާށެވެ.

މާމުއި ސައިގެ ފައިދާތައް

1. މައްސަރު ދުވަސްވަރު ބަނޑަށް ތަދުވުން

މާމުއި ސަޔަކީ މައްސަރު ދުވަސްވަރު ބަނޑަށް ތަދުވުން ރަނގަޅުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ލޭދައުރުވުން އިތުރުކޮށްދީ، ޕީރިއަޑް ރެގިއުލޭޓްކޮށްދެ އެވެ. މައްސަރު ދުވަސްވަރު ކެފެއިން ހުންނަ ބުއިންތަކުން ދުރުހެލިވާށެވެ. އެއީ އެފަދަ ބުއިންތަކަކީ މައްސަރު ދުވަސްވަރާއި ގުޅިގެން ބަނޑުފުއްޕުމާއި ތަދުވުން އިތުރުކޮށްދޭ އެއްޗަކަށްވާތީ އެވެ.

2. ކެއްސުމާއި ރޯނގާ

ކެއްސުމާއި އަރިދަފުސް ރޯނގާގެ އަލާމާތްތައް ރަނގަޅުކުރުމަށްޓަކައި، މާމުއި ސައި ތަށްޓެއް ބޯލާށެވެ. ސައި ބޯއިރު، ސައިން އަރާ ދުމާއި ވަސްވެސް ހަށިގަނޑުގެ ތެރެއަށް ދާގޮތަށް ނޭވާލާށެވެ. އޭގެ ސަބަބުން މޭމަތީގައި ހަރުލާފައިވާ އަރިދަފުހާއި ސައިނަސް ނައްތާލަދޭ ކަމެކެވެ. މީގެ އިތުރުން މާމުއި ސަޔަކީ ކަރުތެރެވެސް ފަސޭހަކޮށްދީ، ކަރަށް ތަދުވުމާއި ކަރުކެހުން ރަނގަޅުކޮށްދޭ އެއްޗެކެވެ. މާމުއި ސައި ބުއިން އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިންނެވެ.

3. ލެރިންޖައިޓިސް

މާބޮޑަށް ކެއްސުމުގެ ސަބަބުން އަޑު ސަކަރާތްވެފައިވާނަމަ، މާމުއި ސައި ބުއިން ރަނގަޅުވާނެ އެވެ. އޭރުން އަޑު ފޮށްޓަށް އަރާމްލިބި، ތަދުކުޑަވެގެންދާނެ އެވެ.

4. އެހެނިހެން ފައިދާތައް

- ފްރީ ރެޑިކަލްތަކާއި ހަނގުރަމަކޮށްދޭ

- ވިހަ މާއްދާތައް ބޭރުކޮށްދޭ

- ހަމުގެ ސިއްޙަތު ރަނގަޅުކޮށްދޭ

- ދިފާޢީ ބާރު ވަރުގަދަކޮށްދޭ

- ހަށިގަނޑުގެ ޕީއެޗް ލެވެލްތައް ކޮންޓްރޯލްކޮށްދޭ

- ޑައިޔުރެޓިކްއެއްގެ ގޮތުގައި މަސައްކަތްކުރޭ

ކިޔުންތެރިންގެ ހިޔާލު