ލަވެންޑަރ އެސެންޝިއަލް އޮއިލް: މީރު ވަހާއިއެކު އެތަކެއް ފައިދާތަކެއް

އާމިނަތު މުޙައްމަދު

ލަވެންޑިއުލާ (Lavendiula) ނުވަތަ އާންމު ނަމުންނަމަ ލަވެންޑަރ (Lavender)އަކީ ބަލާލަން ރީތި އެހާވެސް ހިތްގައިމު ގަހެކެވެ. ފެންނަފެނުމުގައި ރީތި ދަނބުކުލައިގައި ހުންނަ މި ގަހަކީ އެހާމެ މީރުވަހެއްވެސް ހުންނަ ގަހެކެވެ. މީރު ވަސްދުވާ ސެންޓުތަކުން ފެށިގެން ރީތިވާން ބޭނުންކުރާ ސާމާނުތަކުގައްޔާއި، ކާއެއްޗެހީގައާއި، ބުއިންތަކުގައި މީރު ރަހަ ލެއްވުމަށްވެސް ލަވެންޑަރ ބޭނުންކުރެވެމުންދެއެވެ. އަދިހަމައެހެންމެ، އެންޒައިޓީ، ޕީރިއަޑް ޕެއިން ފަދަ ކަންކަމަށް ބޭސްފަރުވާއަކަށް  ބޭނުން ކުރުމަށް ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ލަވެންޑަރވަނީ ވެފައެވެ.

          

ގިނަ މީހުން އާންމުގޮތެއްގައި ލަވެންޑަރ، އެސެންޝިއަލް އޮއިލްއެއް ގެގޮތުގައި ބޭނުންކުރެއެވެ. ސްޕާރ ތަކުގައިއާއި ގޭގައި ބޭނުންކުރުމަށް ހާއްސަވެފައިވާއިރު، އެރޯމާތެރަޕިސްޓުން ދެކޭ ގޮތުގައި ލަވެންޑަރ ގައި އެންޓި-އިންފްލޭމަޓަރީ، މަސްލް ރިލެކްސިންގް، އަދި އެންޒައިޓީ ރިލެކްސިންގްއަށް ހާއްސަ މާއްދާތަކެއް އެކުލެވެއެވެ. މީގެއިތުރުން، ހޯދުންތަކުން ދައްކާގޮތުއި ދަތުގައި މާބޮޑަށް ރިއްސައިގެން ޑެންޓިސްޓެއް ކައިރިޔަށް ދާއިރު، ވެއިޓިންގް އޭރިޔާގައި ލަވެންޑަރގެ ވަސްދުވާގޮތަށް ހުރެއްޖެކަމުގައިވާނަމަ، ދަތުގެ ރިހުމަށް ކުޑަވެސް ލުއިކަމެއް ގެނުވައިދެއެވެ. 

ގޭގައި ލަވެންޑަރ އެސެންޝިއަލް އޮއިލް ބޭނުން ކުރަން ވަރަށް ރަނގަޅު!

ފެންވަރާއިއިރު ތާފަނާ ފެންއެއްޗެއްގެ ތެރެއަށް ލަވެންޑަރ އެސެންޝިއަލް އޮއިލްގެ ކުޑައެތިކޮޅެއް އަޅައިގެން ފެންވެރުމުން، ހަށިގަނޑުގެ ވަރުބަލިކަމާއި ހާސްކަމަށް ފަސޭހަވެގެންދެއެވެ. އަދި ނިއްކުރީގައި ލަވެންޑަރ އެސެންޝިއަލް އޮއިލްކޮޅެއް އުނގުޅުމުން ބޮލުގެ ރިހުމަށާއި ސައިނަސްގެ އުނދަގޫތަކަށާއި، އަދި ހަމަ ނިދި ލިއްބައި ދިނުމަށްވެސް ފަސޭހަވެގެންދާކަމަށްވެސް ހޯދުންތަކުން ދައްކައެވެ. އަދި މީގެ އިތުރުން މިއީ މަދިރީގެ އުނދަގުލުންވެސް ދުރުކޮއްދޭ އެއްޗަކަށްވަނީވެފައެެވެ.

       

ކިޔުންތެރިންގެ ހިޔާލު